logo
Bank of Maldives

Bank of Maldives

ޚަބަރު

މުޅި ހުޅުމާލެއަށް ކަރަންޓު ދީފި، މުޅި މާލެއަށް 40 މިނެޓު ތެރޭގައި ދެވޭނެ: ސްޓެލްކޯ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
9 އޯގަސްޓު 2025 - 06:42
ހުޅުމާލެ
ހުޅުމާލެ

މުޅި ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދެއްވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ، މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާއިރު، ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރެވޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

މާލެ އަދި ހުޅުމާލެ އިން ކަރަންޓު ގޮސްފައިވަނީ މިއަދުގެ ހެނދުނު ގާތްގަޑަކަށް ނުވައެއް ޖެހިއިރުއެވެ. މިއީ މި ފަހުގެ ތާރީޚުގައި މުޅި ހުޅުމާލެ އަދި މާލެއިން ކަރަންޓު ދިޔަ ދެވަނަ ފަހަރުކަން ފާހަގަކުރެވެއެވެ.

އެހެން ނަމަވެސް ގާތްގަޑަކަށް ގަޑިއިރެއްގެ ތެރޭގައި މާލެ އަދި ހުޅުމާލޭގެ ބޮޑު ސަރަޙައްދަކަށް ސްޓެލްކޯގެ ޓީމުން ވަނީ ކަރަންޓު އިއާދަކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ޑރ. ޢަލީ އަޒްވަރު އަންޔަންކޮށްފިޚަބަރު | 2 ދުވަސް ކުރިންއަބަދުވެސް ރެކޮމެންޑު ކުރަނީ އެނަރޖީ އެފިޝެންޓް އާލާތް ބޭނުންކުރަން: ސްޓެލްކޯޚަބަރު | 3 ދުވަސް ކުރިންކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެންގުމަށް ސްޓެލްކޯ އިން އެދިއްޖެޚަބަރު | 4 ދުވަސް ކުރިންކަރަންޓު ކެނޑުނީ މަގު ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯޚަބަރު | 5 ދުވަސް ކުރިން