logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގައި 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި، ދުވާލަކު 10 ހާސް ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމް.ޑަބްލިޔު.އެސް.ސީ އަށް 29 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާ، މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި، ކުންފުނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު އަދި ބޯރޑު މެންބަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް މިއަދު ފެށުނު މި ޢިމާރާތުގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. މި ޢިމާރާތުގެ މަސައްކަތް ނިމުމާއެކު،  ދުވާލަކު 5000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް މި ޢިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ފާހަގަކުރައްވާފައެވެ.

، އާރް.އޯ ފެސިލިޓީ އަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަމު ތުނޑީގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފިޚަބަރު | 6 ގަޑިއިރު ކުރިން4000 ފްލެޓްގެ ނަރުދަމާ މަސައްކަތް ޓެސްޓިން މަރުހަލާގައިޚަބަރު | މަހެއް ކުރިންއެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދުމަށް 2 ގޮތަކަށް މަސައްކަތް ކުރަނީޚަބަރު | 2 މަސް ކުރިންއެމްޑަބްލިޔުއެސްސީ އިން ހިމަންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފިޚަބަރު | 2 މަސް ކުރިން