logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ-ހުޅުމާލެ ފެނުގެ ކަނެކްޓިވިޓީ ވިއުގަ މިއަހަރު ބޭނުންކުރަން ފަށަނީ

އައިޝަތު ނަޝާ
21 ނޮވެމްބަރު 2025 - 11:07
މާލެ-ހުޅުމާލެ ފެނުގެ ކަނެކްޓިވިޓީ ވިއުގަ މިއަހަރު ބޭނުންކުރަން ފަށަނީ

މާލެއާއި ހުޅުމާލެއާ ދެމެދު ގާއިމުކުރަމުންދާ ފެނުގެ ކަނެކްޓިވިޓީ ވިއުގަ މިއަހަރުގެ ނިޔަލަށް ނިންމާ، އެއްކޮށް ބޭނުންކުރަން ފެށޭނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީ މަތީން ވިދާޅުވީ، މި ދެ އަހަރުގެ ތެރޭގައި އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދިނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރުމަށް ކަމަށެވެ.އަދި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިގްތިޞާދީގޮތުން ގައުމުގެ ހާލަތު އޮތްގޮތުން ޚަރަދުތައް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިކަމަށް ވެސް އެމްޑީ ފާހަގަ ކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރައީސްގެ އިރުޝާދަކީ ޚަރަދުތައް ކުޑަކުރުމާއި، ކޮންމެހެން ކުރަން ނުޖެހޭ ކަންތައްތައް ވަގުތީ ގޮތުން މަޑުކޮށްލުމަށްފަހު، ޚިދުމަތް ރަނގަޅުކުރުމަށް އިސްކަންދިނުން ކަމަށް މަތީން ފާހަގަކުރެއްވިއެވެ.

މިހާރު މި މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، ވިއުގަ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަދި މިހާރު ވަގުތީގޮތުން ހޮޅީގެ މަސައްކަތް ނިންމާފައި ޚިދުމަތް ފޯރުކޮށްދޭންވެސް ފެށިފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.

މަތީން އިތުރަށް ވިދާޅުވީ، ބާކީހުރި އިލެކްޓްރިކަލް އަދި މެކޭނިކަލް މަސައްކަތްތައް ނިމުމާއެކު މިއަހަރުގެ ނިޔަލަށް އެ ހޮޅި އެއްކޮށް ބޭނުންކުރެވޭނެކަމަށް އަމާޒުކުރާ ކަމަށެވެ.

އެގޮތަށް ވިއުގަ އެއްކޮށް ބޭނުންކުރަން ފެށުމުން ދުވާލެއްގެ މައްޗަށް 20،000 ޓަނުގެ ފެން މާލެއާއި ހުޅުމާލެއާ ދެމެދު އުފުލޭނެ ކަމަށް އެމްޑަބްލިއުއެސްސީން ލަފާކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ހުސެއިން ފަހުމީ އައްޔަނު ކޮށްފިޚަބަރު | 14 ދުވަސް ކުރިންފެން ކުންފުނީގެ އެމްޑީ މަތީނު ވެސް އިސްތިއުފާ ދެއްވައިފިޚަބަރު | 16 ދުވަސް ކުރިންހުޅުމާލޭގައި ޤާއިމްކުރި ފެންއުފައްދާ އާރޯ ޕަލާންޓް ބޭނުން ކުރަން ފަށައިފިޚަބަރު | 2 މަސް ކުރިންމާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފިޚަބަރު | 3 މަސް ކުރިން