logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް، ކެންދޫގެ ކައުންސިލާއި ބައްދަލުކުރައްވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 އޯގަސްޓު 2025 - 13:46
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކެންދޫގެ ކައުންސިލާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކެންދޫގެ ކައުންސިލާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. ކެންދޫގެ  ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ބައްދަލުކުރެއްވުން އޮތީ، މިއަދު ކެންދޫ ކައުންސިލްގެ އިދާރާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ސިނާއީ މަސައްކަތްތައް ކުރުމަށާއި އުޅަނދުފަހަރު ބާލާ މަރާމާތު ކުރުމަށް ތަނެއް ހަމަޖެހިފައި ނެތުމާއި ރަށު މިސްކިތުގެ މަސައްކަތް އަލުން ފައްޓަވައިދެއްވުމާއި، ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އަދި ރަށުގެ ބިން ހިއްކުމާކި ބަނދަރުގެ މަސައްކަތުގައި ހުރި ކަންބޮޑުވުންތަކާއި. ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން މަގުތައް ހެދުމަށާއި، ރަށުގެ އިންޖީނުގޭގެ ނެޓްވޯކް، އަޕްގްރޭޑް ކުރުމާއި ރަށުގައި ކުނި މެނޭޖްކުރުމަށްޓަކައި ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެދުނު ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ކުރި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރައީސް ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސަށް ދޮގު ތުހުމަތުކުރާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީޚަބަރު | 6 ގަޑިއިރު ކުރިންވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންމާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފިޚަބަރު | 14 ގަޑިއިރު ކުރިންއޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް އާރުޓީއެލްގެ ޚިދުމަތް ފަށަނީޚަބަރު | 14 ގަޑިއިރު ކުރިން