logo
Bank of Maldives

Bank of Maldives

ޚަބަރު

ކެންދޫ ބިންހިއްކުމުގެ މަޝްރޫގައި ސޮއިކޮށްފި

ޝަހްޒާ މުހައްމަދު
11 އޯގަސްޓު 2025 - 14:04
ކެންދޫ ބިންހިއްކުމުގެ މަޝްރޫގައި ސޮއިކޮށްފި

ބ. ކެންދޫގެ ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ރައީސް ބ. އަތޮޅަށް ކުރައްވަމުގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކެންދޫގެ ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި އެއްބަސްވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ މުޠުލިބްއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

ރައީސް ކެންދޫއަށް ކުރެއވްި ދަތުރުފުޅުގެ ތެރެއިން ވަނީ އެރަށުގެ ގިނަ ތަރައްގީގެ މަޝްރޫއުތައް ފައްޓަވާދެއްވާފައެވެ.

އެގޮތުން، ބ. ކެންދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމާއި، ކެންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވުން ހިމެނއެވެ.

މީގެ ިއތުރުން ރައީސް ވަނީ، ކެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސަށް ދޮގު ތުހުމަތުކުރާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީޚަބަރު | 6 ގަޑިއިރު ކުރިންވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންމާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފިޚަބަރު | 14 ގަޑިއިރު ކުރިންއޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް އާރުޓީއެލްގެ ޚިދުމަތް ފަށަނީޚަބަރު | 14 ގަޑިއިރު ކުރިން