logo
MPL

MPL

ޚަބަރު

މެމޮގްރަފީގެ ޚިދުމަތް ބ.އަތޮޅުގައި ފަށައިފި

އާމިނަތު ޝަފާ
12 އޯގަސްޓު 2025 - 05:16
މެމޮގްރަފީގެ ޚިދުމަތް ބ.އަތޮޅުގައި ފަށައިފި

އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭނިންގ (މެމޮގްރަފީ)ގެ ޚިދުމަތް ބ.އަތޮޅުގައި ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކެންސަރ އަށް ސްކްރީން ކުރުމަށް މެމޮގްރަފީގެ ޚިދުމަތް މިއަދު ބ.އަތޮޅުގައި ފަށާފައިވާއިރު، ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުން މި ޚިދުމަތް ލިބޭނެއެވެ. އަދި މި ޚިދުމަތް މިހާރު ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އިތުރު ހޮސްޕިޓަލްތަކުން މި ޚިދުމަތް ދިނުމަށް ވަނީ ރޭވިފައެވެ.

އޭގެ ތެރޭގައި ފުރަތަމަ ފޭސްގައި މި ޚިދުމަތް ފެށުމަށް ރޭވިފައިވާ އަތޮޅު ތަކުގެ ތެރޭގައި ބ.ހއ. ށ.ގއ. އަދި ފުވައްމުލަށް ސިޓީ ހިމެނެއެވެ.

ކެންސަރު ބައްޔަކީ ދުރާލާ ދެނެގަނެވިއްޖެނަމަ ޒަމާނީ ބޭހާއެކު ފަރުވާދީގެން ރަނގަޅުކުރެވޭ ބައްޔެކެވެ. އެހެންކަމަށްވުމާއެކު ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް މިބަލި ދުރާލާ ދެނެގަނެވޭނެ އިންތިޒާމު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު، ޑަބްލިއުއެޗްއޯގެ ސަރަހައްދީ ސިއްހީ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | 23 ދުވަސް ކުރިންނުރައްކާތެރި ބަލިތަކުން މަރުވާ މީހުންގެ ނިސްބަތް ތިރިކޮށް، އެވޯޑް ހޯދައި ރާއްޖެއިން މުޅި ސަރަހައްދަށް ނަމޫނާއަކަށްޚަބަރު | 2 މަސް ކުރިންބޭސްވެރިކަމުގެ ގައުމީ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތްކުރަނީޚަބަރު | އަހަރެއް ކުރިންއައިއެސްޑީބީއިން 4 ލައްކަ ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީދާއިރާއަށް ހަދިޔާކޮށްފިޚަބަރު | އަހަރެއް ކުރިން