logo
MPL

MPL

ޚަބަރު

ބޭސްވެރިކަމުގެ ގައުމީ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތްކުރަނީ

އިސްމާޢިލް ރާތިޢު
20 ޑިސެމްބަރު 2025 - 05:09
ފޮޓޯ: ޞިއްޙަތާބެހޭ ވުޒާރާ
ފޮޓޯ: ޞިއްޙަތާބެހޭ ވުޒާރާ

ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށް، ބޭސްވެރިކަމުގެ ގައުމީ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޞިއްޙަތާބެހޭ ވަޒީރު، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ ޓްރެޑިޝަނަލް މެޑިސިންއާ ބެހޭ ޑަބްލިޔުއެޗްއޯގެ ދެވަނަ ގްލޯބަލް ސަމިޓުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައި އިސްކަންދޭ ކަންތައްތަކާ އެއްގޮތަށް، ރައްކާތެރިކަމާއެކު އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް، ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ދިވެހި ބޭސްވެރިކަމަކީ ޢާންމުކޮށް ބޭނުން ކުރާ ބޭސްވެރިކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ސައިންސާއި އަޚްލާޤީ އަދި ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ އެހީތެރިއެއްގެ ގޮތުގައި ހިފެހެއްޓެން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ތަރައްޤީވަމުން އަންނައިރު ރާއްޖެއަށް އޮތް ޚާއްޞަ ޙާލަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާ، ވަޒީރު ވަނީ ދިވެހި މުޖުތަމަޢުން ޒަމާނުންސުރެ ފެންނަ ޤުދުރަތީ ވަސީލަތްތަކާއި، ކަނޑުގެ ވަސީލަތްތަކާއި، ވާރުތަވަމުން އައި ބޭސްވެރިކަމުގެ އާދަތަކާއި ގުޅިފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި، ދިވެހި ބޭސްވެރިކަން ކުރިއަރުވަން ރާއްޖޭން ކުރަން ނިންމާފައިވާ ކަންކަމަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދިވެހި ބޭސްވެރިކަމަށް ފަންނީ އިރުޝާދު ދިނުމާއި، ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޤައުމީ ޘަޤާފީ ބޭސްވެރިކަމުގެ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ބޭސްވެރިކަމުގެ އާދަތައް، ޚާއްޞަކޮށް ހަށިގަނޑުގެ ކަށިތަކާއި، މަސްތަކާއި ގުޅުންހުރި ފަރުވާއާއި ޞިއްޙަތު ރަނގަޅު ކުރުމާ ގުޅޭ ކަންކަން، ފިޔަވަހިކޮށް ލިޔެކިއުންތައް އެއްކުރުމުގެ އިތުރުން އަޚްލާޤީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިރާސާކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި އެކިއެކި ދާއިރާތަކުގެ ބައިވެރިވުމާއެކު، ހޮވާލެވޭ ރަށްރަށުގެ މައިގަނޑު ޞިއްޙީ ޚިދުމަތްތަކުގެ ތެރެއަށް ދިވެހި ބޭސްވެރިކަން ހިމެނުމުގެ މަގުތައް ހޯދާ، ދިރާސާކުރުން ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުންގެ މެދުގައި ބޭއްވި މި ވަށްމޭޒު ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޞިއްޙަތާބެހޭ 24 ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބޭފުޅުންގެ ތެރޭގައި ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރޭސަސްވެސް ހިމެނިވަޑައިގަންނަވައެވެ. މިބޭފުޅުން ވަނީ، ޞިއްޙީ ދާއިރާއަށް މިހާރު އަންނަމުންދާ ކުރިއެރުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ބައްދަލުވުމުގެ ބައިވެރިން، ދިއްލީ ޑިކްލަރޭޝަނަށްވެސް އެއްބަސްވެވަޑައިގެންނެވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު، ޑަބްލިއުއެޗްއޯގެ ސަރަހައްދީ ސިއްހީ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | 23 ދުވަސް ކުރިންނުރައްކާތެރި ބަލިތަކުން މަރުވާ މީހުންގެ ނިސްބަތް ތިރިކޮށް، އެވޯޑް ހޯދައި ރާއްޖެއިން މުޅި ސަރަހައްދަށް ނަމޫނާއަކަށްޚަބަރު | 2 މަސް ކުރިންރ. މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިޚަބަރު | 7 މަސް ކުރިންވަޒީރު ދެއްވީ ކުޅުދުއްފުއްޓަށް ސިއްހީ ދާއިރާއިން އެތަކެއް ކުރިއެރުމެއް އަންނާނެކަމުގެ ޔަގީންކަން!ޚަބަރު | 8 މަސް ކުރިން