logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރ. މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ޒިދާން މުޙައްމަދު
30 މާރިޗު 2026 - 13:37
ރ. މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

މާޅޮސްމަޑުލު އުތުރުބުރި މާކުރަތު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ. ރ. މާކުރަތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.

ރ. މާކުރަތު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައިވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، މާކުރަތު ކައުންސިލްގެ އިސްވެރިންނާއި، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާކުރަތުގައި މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ، އެރަށުގެ ސިއްޙީ މަރުކަޒުގެެ އެސްއެމްޓީއާ ބައްދަލުކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ހުރި ދަތިތަކަށް ޙައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ލެބޯޓަރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓު ހެދުމަށް އެހެން ރަށްރަށަށް ދާފަދައިން މާކުރަތު ރައްޔިތުންވެސް ދާންޖެހެނީ، އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި، އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.

މީގެ އިތުރުން، އޭގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކިޑްނީ މައްސަލަތައް ފަދަ ޢާންމުކޮށް ފާހަގަކުރެވޭ ބޮޑެތި ބަލިތައް ދެނެގަތުމަށް ފަސޭހަވެ، ދުރާލައި ބަލިތައް ދެނެގަތުމަށް މަގުފަހިވާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި ރާއްޖޭގައި އާންމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާއި ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ޤަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްވެސް މި ލެބޯޓަރީގެ ސަބަބުން މަގުފަހި ވެގެންދާނެއެވެ.

މާކުރަތު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން މިހާތަނަށް ލެބޯޓަރީ ޤާއިމުވެފައިވާ ނުވާ 76 ރަށުގައި ލެބޯޓަރީގެ ޙިދުމަތް ޤާއިމުކުރުމަށް ފަށާފައި މަސައްކަތުގެދަށުން މާކުރަތަކީ މި ޙިދުމަތް ގާއިމުކުރި 18 ވަނަރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރ. މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންވަޒީރު ދެއްވީ ކުޅުދުއްފުއްޓަށް ސިއްހީ ދާއިރާއިން އެތަކެއް ކުރިއެރުމެއް އަންނާނެކަމުގެ ޔަގީންކަން!ޚަބަރު | 19 ދުވަސް ކުރިންބޭސްވެރިކަމުގެ ގައުމީ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތްކުރަނީޚަބަރު | 3 މަސް ކުރިންކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ސައިޓެއް ހަދަނީ ޚަބަރު | އަހަރެއް ކުރިން