logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވީ 52 ދަރިވަރުން

އާމިނަތު ޝަފާ
13 އޯގަސްޓު 2025 - 10:45
ސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވީ 52 ދަރިވަރުން

ސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ޓޮޕް އަޕް ލޯނަށް ޝަރުޠު ހަމަވީ ލޯނަށް ހުށައެޅި 72 ދަރިވަރުންގެ ތެރެއިން 52 ދަރިވަރުން ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާ ބުނެފިއެވެ.

ސްޕެއިންގައި 127 ދަރިވަރުން މިހާރު ކިޔަވަމުންދާއިރު، ޓޮޕް އަޕް ލޯނަށް ޝަރުޠު ހަމަވި ކޮންމެ ދަރިވަރަކަށް 700،000 ރުފިޔާ ލޯނުގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވެއެވެ. ސްޕެއިންގައި ވިއްސަކަށް ދަރިވަރުން ޕައިލެޓްކަން ކިޔަވަމުންދާއިރު އެ ހުރިހާ ކުދިންނަށް ލޯން ހަމަޖައްސައިދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޕެއިންގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެ ދަރިވަރުން ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށައެޅި ޕެޓިޝަނަށް ޖަވާބު ދެއްވަމުން ވަޒީރު، ޑރ އަލީ ހައިދަރު ވިދާޅުވީ، އެ ދަރިވަރުންނާއެކު އޮންލައިންކޮށް ބައްދަލުކޮށްފައިވާ ކަމަށާއި އެ ދަރިވަރުންގެ ކަންބޮޑުވުންތަކާއި ދަތިތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ދަރިވަރުންނާ މުއާމަލާތް ކުރުމަށް ވަޓްސްއެޕް ނަމްބަރެއްވެސް ތައާރަފުކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ސްޕެއިންގެ ބާސެލޯނާގައި ކިޔަވަމުންދާ ދަރިވަރުންވަނީ ފެބްރުވަރީމަހު އެ ދަރިވަރުންގެ ކަންބޮޑުވުންތައް ސިޓީއަކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައެވެ. އެ ސިޓީގައިވަނީ ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި، އެކަށީގެންވާ ސްޓައިޕެންޑެއް ނުލިބުމުގެ ސަބަބުން ދަރިވަރުން އަމިއްލައަށް ޚަރަދުތައް ހަމަޖައްސަން ޖެހިފައިވާ ކަމުގެ ޝަކުވާއާއި ސަރުކާރުންދޭ ލޯނަށްވުރެ، ކޯހުގައި ހޭދަވާ މުއްދަތު އިތުރުވާތީ އެ ކަން ވެސް ފާހަގަކޮށްފައިއެވެ. ސްޕެއިންއަށް ކަނޑައަޅައިފައިވާ ސްޓްއިޕެންޑަކީ 1300 ޑޮލަރެވެ.

ޝަކުވާތަކާ ގުޅިގެން ވަޒީރު ޑރ، ހައިދަރު އިތުރަށް ވިދާޅުވީ، ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަސޭހައިން ވިސާ ހޯދައިދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި ދަރިވަރުގެ ބަޔޮމެޓްރިކް ޑޭޓާ ހުށައެޅުމަށްފަހު، ވަގުތީ ގޮތުން ރާއްޖެ އަންނަ ދަރިވަރުންނާއި ވަކި މުއްދަތެއްގެ ކުރިން ބަޔޮމެޓްރިކް ޑޭޓާ ހުށައަޅާފައިވާ ދަރިވަރުންގެ ޕާސްޕޯޓްތައް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ފޮނުވައިގެން ސްޕެއިން އެމްބަސީއަށް ވިސާއަށް އެދި ހުށައެޅުމުގެ އިންތިޒާމު އެ މިނިސްޓްރީން މެދުވެރިވެގެން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ބޮޑު ޚަރަދުކޮށްގެން ރާއްޖެއިން ބޭރުން ޕައިލެޓުކަން ކިޔަވައިގެން އައުމަށްފަހު ވަޒީފާ ނުލިބުމުގެ މައްސަލަ ބޮޑުވެފައިވާއިރު ވުޒާރާއިން ވަނީ ޕައިލެޓްކަން ކިޔަވަން ދޭ ފުރުސަތުތައް ލިމިޓްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވީ 52 ދަރިވަރުންޚަބަރު | 3 މަސް ކުރިންރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާ ތަކުގެ އަދަދު 132 އަށްޚަބަރު | 4 މަސް ކުރިންރައީސްގެ ސްކޮލާޝިޕް ހޯދި ދަރިވަރުން އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފި ޚަބަރު | 4 މަސް ކުރިންޗައިނާއިން ހިލޭ ޕީއެޗްޑީއާއި މާސްޓަރސްއަށް ކިޔެވުމުގެ 39 ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 6 މަސް ކުރިން