ރައީސްގެ ސްކޮލާޝިޕް ހޯދި ދަރިވަރުން އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފި


04 ޖުލައި 2025 - 04:24
މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހޯދި ދަރިވަރުންނާއި ހައިއެޗީވަރސް ސްކޮލަރޝިޕް ލިބުނު ދަރިވަރުން އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަކިވަކިން ކުރި އިއުލާނުގައި ބުނީ، އަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން ވަނަ އަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިންތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާއި ހުރިހާ މާއްދާއަކުން އޭ ގުރޭޑަށްވުރެ މަތިން ހޯދައިގެން ހަޔަރ އެޗީވަރސް ސްކޮލަރޝިޕް ހޯދި ދަރިވަރުން އެޕްލިކޭޝަން ހުށައެޅަން ހުޅުވާލާ ކަމަށެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، ސްކޮލަރޝިޕް އުސޫލުގައިވާ ގޮތުން އެޕްލިކޭޝަން ހުށައަޅަން އިޢުލާންކުރާ ދުވަހުން ފެށިގެން 18 މަސްދުވަހުގެތެރޭގައި ކިޔެވުން ފެށޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެހެންވެ، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ދެ ސްކޮލަރޝިޕް ލިބުނު ދަރިވަރުން ރަޖިސްޓްރީވާން ޖެހޭ ކަމަށެވެ.
އެޕްލިކޭޝަން ހުށައަޅާއިރު ހުށައަޅަން ޖެހޭ ލިޔުންތައް:
- ހަޔަރ އެޗީވަރސް ސްކޮލަރޝިޕް ނޫނީ މަތީ ސާނަވީ އިންތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ފަރާތެއްކަން ކަނޑައަޅައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކުރި ލިޔުން.
- 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާނު ނިންމުމުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ދެފުށުގެ ކޮޕީ.
- ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓްގެ ދެފުށުގެ ކޮޕީ .
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
- މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ކިޔަވާނަމަ).
- ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގެ ފީ ސްޓްރަކްޗަރ (ލިބިފައި ވާނަމަ).
- އަންކޮންޑިޝަނަލް އޮފަރ ލެޓަރ (ލިބިފައި ވާނަމަ).
- ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް (ލިބިފައި ވާނަމަ).
- ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ). ރެކޮގްނައިސްކުރާކަމުގެ ލިޔުން.
- ފުރިހަމަކުރަން އެދޭ ޕްރޮގްރާމަކީ އެ ޕްރޮގްރާމްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސް/ ހުއްދަ ދޭން ހަމަޖެހިފައިވާ ދާއިރާއެއްގެ ޕްރޮގްރާމެއްނަމަ އެ ލައިސަންސް/ހުއްދަ ދޭ ފަރާތުގެ ލިޔުން.
ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ރައީސްގެ ސްކޮލަރޝިޕް ހޯދާ ދަރިވަރުންނަށް ލިބެއެވެ. މިދިޔަ އަހަރު ބޭއްވީ މަތީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއގެ އެއްވަނަ ހޯދާ، ރައީސްގެ ސްކޮލަރޝިޕް ހޯދީ 11 ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ސީއެޗްއެސްއީ ހުޅުމާލެގެ 6 ދަރިވަރުންނާއި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދެ ދަރިވަރުންނާއި އަޙްމަދިއްޔާއާއި ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރެކެވެ.
މިދިޔަ އަހަރު މަތީ ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ހަޔަރ އެޗީވަރސް ސްކޮލަރޝިޕް 87 ދަރިވަރުންނަށް ލިބިފައިވެއެވެ.
ރައީސްގެ ސްކޮލަރޝިޕްގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ސްކޫލްތަކާއި މަދަރުސާތަކުގައި ދަރިވަރަށް ކިޔަވައިދެވިފައިވާ އޭލެވެލްގެ ނުވަތަ އޭލެވެލްއާ އެއްފެންވަރުގެ ތިން މާއްދާއިންނާއި އެޗްއެސްސީގެ "ދިވެހި" "އިސްލާމް " މި ދެ މާއްދާއިން "އޭ*" ހާސިލުކުރުމެވެ. ނޫނީ ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން ޝަހާދާ ޘާނަވިއްޔާ ސަނަދުން ހުރިހާ މާއްދާއެއްގެ ފައިނަލް އެވްރެޖުގައި "އޭ*" ފާހެއް ލިބިފައިވުނ.ް މީގެ އިތުރުނ،ް އެޗ.ްއެސ.ްސ.ީގެ "ދިވެހި" މި މާއްދާއިން "އޭ" ފާސް ހާސިލުކުރުން ނުވަތަ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ޘާނަވިއްޔާއިން 1 ވަނަ ހާސިލުކުރުމެވެ. އަދި އޯލެވެލް ނުވަތަ އޯލެވެލްއާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ އިމްތިޙާނަކުން "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމެވެ.
އިތުރު ލިޔުންތައް

މެލޭޝިޔާގެ ބައެއް ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުންޓްދެނީ
8 މަސް ކުރިން
ޤައުމީ ޚިދުމަތުގެ ބިލު އެކުލަވާލުމަށްޓަކައި އިދާރާތަކާއެކު މަޝްވަރާކުރަން ފަށައިފި
7 މަސް ކުރިން
ބުރޫނާއީގައި މަތީ ތައުލީމު ހާސިލްކުރުމުގެ ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
6 މަސް ކުރިން