logo
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެކަން އިއުލާންކޮށްފިBank of Maldives

Bank of Maldives

ޚަބަރު

މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ދިވެހި ސަރުކާރުން ދަނީ ބަލަމުން

ޒިދާން މުޙައްމަދު
1 މާރިޗު 2026 - 09:50
މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ދިވެހި ސަރުކާރުން ދަނީ ބަލަމުން

ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި ދަރިވަރުންގެ ސަލާމަތާ ރައްކާތަރެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅާނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ކިޔަވަމުންދާ ދިވެހި އެއްވެސް ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ ބަލަމުންދާކަމަށެވެ.

ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތައް އަޅަމުންދާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ. ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ސަރަޙައްދުގެ މަޝްރަޙައް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށްވެސް ބުންޏެވެ.

އެގޮތުން ކަމާގުޅޭ އެކި އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތައުލީމުދޭ މަރުކަޒުތަކާއި ގުޅިގެން، ހާލަތުގެ މަޢުލޫމާތު އޮޅުންފިލުވާ ފޯރުކޮށްދެމުންދާކަމަށްވެސް ބުނެފައިވެއެވެ. އެ ވުޒާރާއިން ބުނީ މި ނާޒުކު ދަނޑިވަޅުގައިވެސް، ދަރިވަރުންގެ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ދިވެހި ސަރުކާރުން ދަނީ ބަލަމުންޚަބަރު | 3 ގަޑިއިރު ކުރިންސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވީ 52 ދަރިވަރުންޚަބަރު | 7 މަސް ކުރިންރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާ ތަކުގެ އަދަދު 132 އަށްޚަބަރު | 7 މަސް ކުރިންރައީސްގެ ސްކޮލާޝިޕް ހޯދި ދަރިވަރުން އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފި ޚަބަރު | 8 މަސް ކުރިން