logo
ޚަބަރު

ދޮންފަނުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސަކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް

ނުހާ އަޙްމަދު
13 އޯގަސްޓު 2025 - 12:15
ދޮންފަނުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސަކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް

ބ.ދޮންފަނުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސަކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Hajj Corpooration

ރައީސް ވިދާޅުވީ، ދޮންފަނުގައި އެންމެ ބޮޑު މައްސަލަޔަކީ ފެނާ ނަރުދަމާގެ މައްސަލަ ކަމަށާއި، އެކަން ކުރުމުގައި ވެސް ވަރަށް ބޮޑެތި ދަތިތަކެއް އެކަން ކުރާ ފަރާތަށް ވެސް ދިމާވެފައިވާ ކަމަށެވެ.

މަސައްކަތަށް ދިމާވެފައިވާ މައިގަނޑު ދައްޗަކީ ފެނާ ނަރުދަމާގެ މަސައްކަތް ކޮށްދޭނެ މުވައްޒަފުން ހޯދުމުގެ ދަތިކަން ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން އެމްޑަބުލިއުއެސްސީއާ ހަވާލާދެއްވައި ރައީސް ވިދާޅުވީ ތިންފަހަރެއްގެ މަތިން މުއްޒަފުން ހޯދަން އިއުލާނު ކުރިނަމަވެސް މަސައްކަތަށް ބޭނުންވާ މީހުން ލިބިފައިނުވާކަމަށެވެ.

މީގެ އިތުރުން ސައިޓުގެ މަސައްކަތް ކުރަން ތަނެއް ކުއްޔަށް ނެގުމަށް ވެސް އިއުލާނު ކުރެވިފައިވާ ކަމަށާއި ނަމަވެސް ތަނެއް ވެސް އަދި ލިބިފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުއްޒަފުން ލިބިފައި ނުވާތީ، ފެނާ ނަރުދަމާގެ މަސައްކަތް ކުރުމަށް ރާއްޖެ އިން ބޭރުން މީހުންގެނެސްގެން ނަމަވެސް އެ މަސަކަތް ފެށުމުގެ އިތުރުން ސައިޓު އޮފީހުގެ މަސައްކަތް ވެސް ވީ އެންމެ އަވަހަކަށް ހަމަޖައްސައި ފެނާ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަށް އަންގާފައިވާނޭ ކަމަށެވެ.

"އިރާދު ކުރެއްވިއްޔާ އެ މަސައްކަތް ދާދި އަވަހަށް ފެށި، ވަރަށް ބާރު ސްޕީޑުގައި އަޅުގަނޑުމެން ގެންދާނަން. އަޅުގަނޑުމެންނަށް އިނގޭ އެއީ އެންމެ ދަތިވާ މައްސަލަކަން. އެހެންވީމަ އެ މަޝްރޫއު އަޅުގަނޑުމެން މި ދެންނެވި ގޮތަށް ގެންދާންނަން އަދި ގެންގޮސް ނިންމާނަން އިރާދުކުރެއްވިއްޔާ" ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން ދޮންފަނުބަނދަރު ނެރު ބަދަލުކުރުމާއި ބިން ހިއްކުމުގެ މަޝްރޫއެއްގައި ގެދޮރުވެރިކަމާ ބިނާރަބެހޭ ވުޒާރާއާއި ދަތުރުފަތުރާ މަދަނީ އުނދުހުންތަކާ ބެހޭ ވުޒާރާއެކު ސޮއިކޮށްފައިވާއިރު ރަށު ސްކޫލުގެ އައު އިމާރަތް ތަރައްގީ ކުރުމުގެ މަޝްރޫއެއްގައި ތައުލީމާބެހޭ ވުޒާރާ އާއި، ފަހި ދިރިއުޅުން ކޯޕަރޭޝްންއާ އެކުވެސް ވަނީ ސޮއިކޮށްފައެެވެ.

ދޮންފަނުގެ ބަނދަރު ނެރު ބަދަލުކުރުމަ ބިން ހިއްކުމުގެ މަޝްރޫއުގައި ސޮއިކޮށްފައި ވަނީ، ގެދޮރުވެރިކަމާ ބިނާރަބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ މުއްތަލިބްއެވެ. އަދި ދަތުރުފަތުރާ މަދަނީ އުނދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އެ ވުޒާރާގެ މެނޭޖިން ޑިރެކްޓާ ޑީސީޕީ ރިޓެއާޑް އަހުމަދު ސައުދީ އެވެ.

a00f9b4e-a4a8-46d3-ae60-1577c8b26409.jfif

 

މި އެއްބަސްވުމުގެ ދަށުން، އެ ރަށުގެ ނެރު ބަދަލުކުރުމާއި، މޫދައް އެރޭ ސަރަހައްދު ތަރައްގީ ކުރުމުގެ އިތުރުން ބިންހިއްކުމުގެ މަސައްކަތް ކުރިޔަށްދާނެ އެވެ.

އަދި ދޮންފަނު ސްކޫލުގެ އައު އިމާރާތުގެ މަޝްރޫއުގެ އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ ތައުލީމާބެހޭ ވުޒާރެގެ ފަރާތުން ވަޒީރު އިސްމާއީލް ޝަފީއުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝްންގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝްންގެ މެނޭޖިން ޑިރެކްޓާ ހަމްދާން ޝަކީލްއެވެ.

0889c386-5a90-4ea6-a05e-91047428968e.jfif

 

މި އެއްބަސްވުމުގެދަށުން އެރަށު ސްކޫލުގެ 6 ކުލާސް ރޫމާ، މަލްޓިޕާޕަސް ހޯލާއި، ލައިބްރަރީގެ އިތުރުން ސައިންސް ލެބް އިމާރާތް ކުރެވިގެން ދާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ދޮންފަނުގެ އޭޓީމްގެ ހިދުމަތް ވެސް މިއަދު އިފްތިތާހުކޮށްދެއްވާފައެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބާގައި ރައީސްގެ ތަހުނިޔާޚަބަރު | ގަޑިއިރެއް ކުރިންރައްޔިތުން ބާރުވެރިކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 11 ގަޑިއިރު ކުރިންމުޅި ބ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް: ބީއެމްއެލްގެ ޝުކުރު ރައީސަށް ޚަބަރު | 13 ގަޑިއިރު ކުރިންޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ 9 ޖަމިއްޔާއަކުން ގޮވާލައިފިޚަބަރު | 14 ގަޑިއިރު ކުރިން