logoEN
ޚަބަރު

3 ރަށެއްގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ގާއިމްކުރަނީ

އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ / މިފްކޯ

އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ / މިފްކޯ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން

24 ސެޕްޓެމްބަރު 2024 - 12:11

ތިން ރަށެއްގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ގާއިމްކުރުމަށް މިއަދު މިފްކޯއާއި އެކު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިފްކޯއާއި އެކު ސޮއިކުރީ ދ. އަތޮޅު މީދުއާއި ބަނޑިދޫގެ އިތުރުން ށ. ފުނަދޫގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ޤާއިމްކުރުމަށެވެ.

މި މަސައްކަތުގެ ދަށުން 30 ޓަނުގެ އައިސްޕްލާންޓާއި، 50 ޓަނުގެ އައިސް ސްޓޯރޭޖް ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޤާއިމްކުރާ އައިސް ޕްލާންޓެއްގެ އަގަކީ 8 މިލިއަން ރުފިޔާ ކަމަށާއި މަސައްކަތުގެ މުއްދަތަކީ 8 މަސް ދުވަސް ކަމަށް ވެސް މިފްކޯއިން ބުނެއެވެ. އައިސްޕްލާންޓް ޤާއިމް ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުގައި އެގާރަ ރަށެއްގައި އައިސް ޕްލާންޓް ޤާއިމްކުރާނެއެވެ. މި މަސައްކަތް ކުރިޔަށްގެންދާނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ނެވެ. މިކަމަށް ބަޖެޓްކޮށްފައިވަނީ 24 މިލިއަން ރުފިޔާގެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

undefinedއައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ގާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ / މިފްކޯ

ތިންރަށެއްގެ އައިސްޕްލާންޓް ޤާއިމް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންރިސޯސަސްގެ ފަރާތުން ސޮއިކުރީ ފައިނޭންޝަލް ކޮންޓްރޯލަރ އީނާޒް ނަސީރެވެ. އަދި މިފްކޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ ޗީފް ފައިނޭންޝަލް އޮފިސަރ އިލްޔާސް ހަނީފެވެ

މަސްވެރިކަން ކުރިއަރުވަން ކުރާ މަސައްކަތުގެ ތެރެއިން މިފްކޯއިން ވަނީ އެކުންފުންޏަށް މަސްކިރާ ދޯނިތަކަށް 10 ޓަނާއި ހަމައަށް ކްރެޑިޓަށް އައިސް ދޫކުރުމަށްވެސް ނިންމާފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder