logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14566 މީހުން

އަޙްމަދު ޒަލީފް
14 އޯގަސްޓު 2025 - 10:17
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14566 މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހުގެ ނިޔަލަށް 14500އަށްވުރެ ގިނަ މީހުން ރަޖިއްޓްރީކޮށްފައިވާކަމަށާއި އޭގެ ތެރެއިން ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ދަފްތަރުގައި 6095 އަންހެނުންނާއި 8471 ފިރިހެނުން ތިބިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަފްސާނީ ނުކުޅެދުންތެރިކަން ހުރެގެން 1854 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީގެ ތެރޭގައި 743 އަންހެނުންނާއި 1111 ފިރިހެނުން ހިމެނެއެވެ. މީގެ އިތުރުން މި ދަފްތަރުގައި އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 1756 ފަރާތެއް ހިމެނޭއިރު މީގެ ތެރޭގައި 930 އަންހެނުންނާއި 826 ފިރިހެނުން ހިމެނެއެވެ. އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 472 އަންހެނުންނާއި 534 ފިރިހެނުން ރަޖިސްޓްރީކޮށްފައިވާއިރު އެއީ ޖުމްލަ 1006 ފަރާތެކެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14566 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު 154 މީހުންގެ އިތުރުވުމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 8 ގިއްތިއެއް ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. މިބައިގައި 4147 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1831 އަންހެނުންނާއި 2316 ފިރިހެނުން ހިމެނެއެވެ.

އޯޓިޒަމް ހުރެގެން ޖުމްލަ 585 ފަރާތެއް ރަޖިސްޓްރީ ވެފައިވާއިރު މީގެ ތެރޭގައި 123 އަންހެނުންނާއި 462 ފިރިހެނުން ހިމެނެއެވެ. އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 19 އަންހެނުންނާއި 37 ފިރިހެނުން ޖުމްލަ 56 ފަރާތެއް ވަނީ ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ވަނީ ފަށާފައެވެ. އަދި 2023 ވަނައަހަރު ވަނީ އެފަރާތްތަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ގައުމެއްގެ އިޖުތިމާޢީ ރައްކާތެރިކަމުގައި އެންމެ މުހިންމީ އަޅާލުން ބޭނުންވާ މީހުންނަށް އެހީތެރިވުން"ޚަބަރު | ދުވަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލު މާހައުލެއް ހޯދައިދިނުމަށް "އެމްޕަވަރމެންޓު ހަބް" އެއްޚަބަރު | 12 ދުވަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14566 މީހުން ޚަބަރު | 5 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްޞަކޮށް "އެމްޕަވަމެންޓް ހަބް" ޤާއިމުކުރަނީޚަބަރު | އަހަރެއް ކުރިން