logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ރާއްޖެއިން ބޭރުން ކިޔެވުމުގެ 9 ސްކޮލާޝިޕް

އާމިނަތު ޝަފާ
18 އޯގަސްޓު 2025 - 03:52
މަސްވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ރާއްޖެއިން ބޭރުން ކިޔެވުމުގެ 9 ސްކޮލާޝިޕް

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން މަސްވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާޞިލް ކުރުމަށް ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ފުރުޞަތު ހުޅުވާލީ ހަތަރު މާސްޓަރސް ސްކޮލަރޝިޕާއި 5 ބެޗްލާރސް ޑިގްރީއަށެވެ. މީގެ ތެރެއިން ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް ސައިންސް، ކޯހުގެ ދެ ފުރުޞަތު ހުޅުވާލިއިރު ދެން ހުރި ކޯސްތަކުން ހުޅުވާނީ އެންމެ ފުރުޞަތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުވީ ސްކޮލަޝޕްތަކާއި ޤައުމުތައް:

  • މާރސްޓާސް ޑިގްރީ މާކެޓިންގ (އޭޝިއާ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް އަދި އޯއީސީޑީގެ ޤައުމުތައް)
  • މާރސްޓާސް ޑިގްރީ، ފިޝަރީޒް / އޯޝަން/ މެރިޓައިމް ލޯ، (އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް އަދި އޯ.އީ.ސީ.ޑީ ގައުމުތައް)
  • ބެޗްލަރސް ޑިގްރީ، ފިޝަރީޒް ސައިންސް، (އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް)
  • މާރސްޓާސް ޑިގްރީ، ސަސްޓައިނަބްލް އެކުއަކަލްޗަރ / އެކުއަކަލްޗަރ ނިއުޓްރިޝަން / އެކުއަކަލްޗަރ އިންޖިނިއަރިންގ، (ޔޫކޭ، އޮސްޓްރޭލިޔާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް)
  • މާރސްޓާސް ޑިގްރީ، އެކުއަރޓިކް ހެލްތް / ޕަތޮލޮޖީ، (ޔޫކޭ، އޮސްޓްރޭލިޔާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް)
  • ބެޗްލަރސް ޑިގްރީ، މައިކްރޯބަޔޮލޮޖީ، (އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް)
  • ބެޗްލަރސް ޑިގްރީ، އެގްރިކަލްޗަރ ސައިންސް، (އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް.
  • ބެޗްލަރސް ޑިގްރީ، އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)، އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް،

ސްކޮލަރޝިޕުން ކުރެވޭނެ ހަރަދުތައް:

–  ކޯސް ފީ

–  ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)

–  އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)

–  ޑިޕާރޗަރ އެލަވަންސް (އެއްފަހަރު)

–  ސްޓައިޕަންޑް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް)

މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 18 ސެޕްޓެމްބަރުވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން ހިލޭ މަތީ ތައުލީމަށް ކިޔެވޭ ސްކޮލަރޝިޕް ސަރުކާރުން ހުޅުވާލައިފިޚަބަރު | 9 ދުވަސް ކުރިންމަސްވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ރާއްޖެއިން ބޭރުން ކިޔެވުމުގެ 9 ސްކޮލާޝިޕްޚަބަރު | މަހެއް ކުރިންޒަމާނީ މަސްވެރިކަމުގެ ޓެކްނޮލޮޖީ ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކެއް ޚަބަރު | 5 މަސް ކުރިން