logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯކްޝޮޕް އޮން ބަޔޯސެކިއުރިޓީ ފޯ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ޕްލާންޓް ޕްރޮޑަކްޓްސް އިންޓު ދަ މޯލްޑިވްސް ފަށައިފި

ޒިދާން މުޙައްމަދު
25 ޖެނުއަރީ 2026 - 10:54
ވޯކްޝޮޕް އޮން ބަޔޯސެކިއުރިޓީ ފޯ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ޕްލާންޓް ޕްރޮޑަކްޓްސް އިންޓު ދަ މޯލްޑިވްސް ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން 'ވޯކްޝޮޕް އޮން ބަޔޯސެކިއުރިޓީ ފޯ އިމްޕޯޓް އެންޑް އެކްސްޕޯޓއ އޮފް ޕްލާންޓް ޕްރޮޑަކްޓްސް އިންޓު ދަ މޯލްޑިވްސް" ގެ ނަމުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމް ކުރިއަށްދާނީ ޖަނަވަރީ މަހުގެ 25 އިން 29 އަށް މީރުމާ ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް – ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދި ސައިތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) ގެ ދަށުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އިތުރުކުރުމާއި، ބޯޑަރ އަދި ރެގިއުލޭޓަރީ އޭޖެންސީތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ޓްރާންސްބައުންޑަރީ މޫވްމަންޓްސް ކޮންޓްރޯލް ކުރުން ހަރުދަނާކުރުމެވެ. އަދި ހަމައެއާއެކު، މި ތަމްރީނުގައި ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެމަތިން ބޯޑަރު ކޮންޓްރޯލް ކުރުމާއި މިޓިގޭޝަން ފިޔަވަޅުތަކަށް އަލިއަޅުވާލާނެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ދުވަސް އަމާޒުކުރަނީ މަލްޓިސްޓޭކްހޯލްޑަރ ވޯކްޝޮޕް އޮން ބަޔޯ ސެކިއުރިޓީއާ ބެހޭ ތަމްރީނު ދިނުމަށް އަދި ދެވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހާ ހަމައަށް އަމާޒުކުރަނީ ޕެސްޓް ރިސްކް އެސެސްމަންޓް، ޑިޒީޒް ސަރވެއިލެންސް އަދި ހެލްތު ސެޓިފިކޭޝަން ސިސްޓަމްސް އާ ގުޅޭ ޓެކްނިކަލް ތަމްރީނުތައް ދިނުމަށެވެ.

މި ވޯކްޝޮޕްގައި ބަޔޯ ސެކިއުރިޓީ ރެގިއުލޭޝަން، ބޯޑަރ ކޮންޓްރޯލް، ސަރވެއިލެންސް އަދި ޕަބްލިކް ހެލްތުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިގޮތުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް (އެންވަޔަރަންމަންޓަލް ރެގިއުލޭޝަން އޮތޯރިޓީ – އީ.އާރް.އޭ)، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯކްޝޮޕް އޮން ބަޔޯސެކިއުރިޓީ ފޯ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ޕްލާންޓް ޕްރޮޑަކްޓްސް އިންޓު ދަ މޯލްޑިވްސް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ޑިޒައިން ކުރުމަށް ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންއެގްރިކަލްޗަރަލް ސައިންސް ދާއިރާއިން ހިލޭ މަތީ ތައުލީމަށް ކިޔެވޭ ސްކޮލަރޝިޕް ސަރުކާރުން ހުޅުވާލައިފިޚަބަރު | 5 މަސް ކުރިންމަސްވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ރާއްޖެއިން ބޭރުން ކިޔެވުމުގެ 9 ސްކޮލާޝިޕްޚަބަރު | 5 މަސް ކުރިން