logo
Bank of Maldives

Bank of Maldives

ޚަބަރު

އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން ހިލޭ މަތީ ތައުލީމަށް ކިޔެވޭ ސްކޮލަރޝިޕް ސަރުކާރުން ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ސެޕްޓެމްބަރު 2025 - 08:49
އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން ހިލޭ މަތީ ތައުލީމަށް ކިޔެވޭ ސްކޮލަރޝިޕް ސަރުކާރުން ހުޅުވާލައިފި

ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް 10 ސްކޮލަރޝިޕްގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްތަކަކީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓްގެ ދަށުން ދެވޭ ފުރުސަތުތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ކޯހުގެ މި ފުރުސަތުތަކުގައި، ކޯސް ފީގެ އިތުރުން މަހުން މަހަށް ދެވޭ އެލަވަންސްއާއި، އަތޮޅުތަކުން ބައިވެރިވާ ދަރިވަރުންނަށް ދަތުރު ޚަރަދު ހިމެނެއެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ ޖީ.ސީ.އީ އޯލެވެލްގެ ތިން މާއްދާއިން (ބަޔޮލޮޖީ އާއެކު) 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށް، އޭލެވެލްގެ ދެ މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށްވެސް މި ފުރުސަތަށް ކުރިމަތިލެވޭނެއެވެ.

އިނގިރޭސި ބަހުގެ ޕްރޮފިޝަންސީ ޓެސްޓެއް ފުރިހަމަކޮށްފައިވުމަކީ މި ސްކޮލަރޝިޕްގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އުމުރުން 20 އަހަރު ފުރިހަމަވެ، މަސައްކަތުގެ ދާއިރާއިން 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވެސް ވަކި ޝަރުތުތަކެއްގެ ދަށުން މި ފުރުސަތަށް ކުރިމަތިލެވޭނެއެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އަންގާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯކްޝޮޕް އޮން ބަޔޯސެކިއުރިޓީ ފޯ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ޕްލާންޓް ޕްރޮޑަކްޓްސް އިންޓު ދަ މޯލްޑިވްސް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ޑިޒައިން ކުރުމަށް ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންފަސް ދާއިރާއަކުން މާސްޓަރސްއަށް ކިޔަވަން ކޮރެއާއިންދޭ ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންއެގްރިކަލްޗަރަލް ސައިންސް ދާއިރާއިން ހިލޭ މަތީ ތައުލީމަށް ކިޔެވޭ ސްކޮލަރޝިޕް ސަރުކާރުން ހުޅުވާލައިފިޚަބަރު | 5 މަސް ކުރިން