logo
MPL

MPL

ޚަބަރު

ރައީސްގެ ސްކޮލަރޝިޕްގައި ބޭނުން ދާއިރާއަކުން މިހާރު ކިޔެވޭނެ

އިސްމާޢިލް ރާތިޢު
31 މާރިޗު 2026 - 04:38
ރައީސްގެ ސްކޮލަރޝިޕްގައި ބޭނުން ދާއިރާއަކުން މިހާރު ކިޔެވޭނެ

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

މި ބަދަލުތައް ގެންނަވާފައިވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލަށެވެ.

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު ކުރިން އޮންނަ ގޮތުން ސްކޮލަޝިޕް ލިބޭ ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބެނީ މަތީ ތަޢުލީމާއި ވުޒާރާއިން ކަނޑައަޅާ ދާއިރާތަކަކުންނެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އެކަމާއި ގުޅޭ އުސޫލުތަކަށް ބަދަލުތައް ގެނެސް، އެ އުސޫލު ގެޒެޓް ކޮށްފައެވެ.

މި އުސޫލަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެއްސުމެވެ. މިބަދަލުގެ އިތުރުންވެސް މުހިއްމު ބަދަލުތަކެއްއުސޫލަށް ގެނެސްފައި ވެއެވެ. އެގޮތުން ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން ވަނީ ހަމަޖައްސާފައެވެ. މިއީ ރަނގަޅު ނަތީޖާ ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ. މިބަދަލުގެ ދަށުން ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މި އުސޫލުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން ހަތަރު އަހަރާއި، ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކޮށްފައިވާއިރު މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށްވެސް ވަނީ ނިންމާފައެވެ.

މި ބަދަލުތަކުގެ އިތުރުންވެސް ދަރިވަރުންނަށް ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމާއި އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ކަންކަންވެސް ވަނީ ސަރުކާރުން ގެޒެޓުކުރި އުސޫލުގައި ހިމަނާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 19 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން