logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ސީއެޗްއެސްއީ އަށް 7 ފަންގިފިލާގެ އެނެކްސް އިމާރާތެއް

އިސްމާޢިލް ރާތިޢު
4 ފެބްރުއަރީ 2026 - 11:27
މާލެ ސީއެޗްއެސްއީ އަށް 7 ފަންގިފިލާގެ އެނެކްސް އިމާރާތެއް

މާލޭގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، (ސީއެޗްއެސްއީ) އަށް 7 ފަންގިފިލާގެ އައު އިމާރާތެއް އިތުރުކުރުމަށް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ސީއެޗްއެސްއީގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަހުލާމް ރުޝްދީއެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެޗްއެސްއީގެ އެނެކްސް އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ 7 ފަންގިފިލާއަށް، މާލޭގައި މިހާރު ސީއެޗްއެސީ ހިންގާ ބިމުގެ ބިތްދޮށުގައި އޮތް ހުސް ޖާގައިގައެވެ. ސީއެޗްއެސްއީގެ އައު އިމާރާތުގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ޙަވާލުކޮށްފައިވަނީ 51.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢަކީ މަތީ ސާނަވީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގައި ކިޔަވައިދިނުމުގެ ޖާގަ އިތުރުކުރުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢެއްކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ބުނެއެވެ.

ސީއެޗްއެސްސީ އެނެކްސް އިމާރާތުގައި ހިމެނޭނީ:

Ad by Hajj Corporation

Ad by Hajj Corporation

• 15 ކްލާސްރޫމް
• 4 ސައިންސް ލެބް
• ސްޓާފް ރޫމް
• ލީޑިންގ ޓީޗަރޒް ރޫމް
• އެޑްމިން އޮފީސް
• 3 ލިފްޓް
• ޕާކިންގ އޭރިއާ

"ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި ހުޅުވުނު މި ސްކޫލަކީ، މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.

މި ސްކޫލް މާލޭގައި ހިންގަމުން އައީ ލިލީމަހުގައި ހުންނަ އިމާރާތެވެ. ނަމަވެސް 2023ވަނަ އަހަރު ސީއެޗްއެސްސީ، އައު އިމާރާތަކާއެކު ހުޅުމާލެއަށް ބަދަލުކުއެވެ. 8 ފަންގިލާގެ އިމާރާތަކީ 1200 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މިއާއެކު މާލޭގެ ސްކޫލް މުޅިން އުވާލިއެވެ.

ގިނަ ދަރިވަރުންނަށް މަތީ ސާނަވީއަށް ފުރުޞަތު ދިނުމަށާއި އަދި މާލޭގައި މަތީ ސާނަވީ ސްކޫލެއް ނެތުމުގެ ސަބަބުން ކުރިމަތިވަމުންދިޔަ ދަތިތަކަށް ޙައްލު ގެނައުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މާލޭގެ ސްކޫލް ހިމެނޭހެން އަލުން ކިޔަވައިދިނުން ފެށުމަށެވެ.

މި ނިންމެވުމުގެ ދަށުން 800 އަށްވުރެ ގިނަ ދަރިވަރުންނާއެކު، 2024 ސެޕްޓެމްބަރު 1 ވަނަ ދުވަހު، މާލޭ ސީއެޗްއެސްއީގެ ކިޔެވުން އަނެއްކާވެސް ވަނީ ފަށާފައެވެ. މި ސްކޫލަށް އަލަށް އިތުރުކުރާ އިމާރާތާއެކު، މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތު އިތުރު ގިނަ ދަރިވަރުންތަކަކަށް ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސީއެޗްއެސްއީ އަށް 7 ފަންގިފިލާގެ އެނެކްސް އިމާރާތެއްޚަބަރު | 2 ގަޑިއިރު ކުރިންފަސް ދާއިރާއަކުން މާސްޓަރސްއަށް ކިޔަވަން ކޮރެއާއިންދޭ ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންއެގްރިކަލްޗަރަލް ސައިންސް ދާއިރާއިން ހިލޭ މަތީ ތައުލީމަށް ކިޔެވޭ ސްކޮލަރޝިޕް ސަރުކާރުން ހުޅުވާލައިފިޚަބަރު | 5 މަސް ކުރިންމެލޭޝިއާގައި ކިޔަވާ ބޭރުގެ ކުދިންގެ އަތުން 6 އިންސައްތައިގެ ޓެކުހެއް ނަގަނީޚަބަރު | 7 މަސް ކުރިން