logo
Bank of Maldives

Bank of Maldives

ޚަބަރު

ހިމަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ޝަހްޒާ މުހައްމަދު
19 އޯގަސްޓު 2025 - 04:47
 ހިމަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

އއ. ހިމަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ހިމަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ އއ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހިމަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގައި ޢާންމު ޞިއްހަތުގެ ޚިދުމަތުގެ ޔުނިޓާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކާއި ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ގާއިމުކޮށްފައިވެއެވެ. އަދި މާބަނޑު މީހުންގެ ކްލިނިކާއި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކްވެސް ގާއިމުކޮށްފައިވެއެވެ.

ހިމަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވިއިރު، އެ ރަށުގައި އަޅައި ފުލުހުންގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ހިމަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިމަންދޫއަށް ވަޑައިގެންނެވުމަށް އެ ރަށު މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސްގެ 3 ދުވަހުގެ މި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮހަށް ޒިޔާރަތްކުރައްވާނެއެވެ.

‎އަރިއަތޮޅު އުތުރުބުރިއަށް ރައީސްކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިމަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ބަޖެޓު ޑެފިސިޓް %73.5 ކުޑަވެ އިޤްތިޞާދީ ދުޅަހެޔޮކަން ފަހި މިސްރާބުގައިރިޕޯޓް | 17 ގަޑިއިރު ކުރިންު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފިޚަބަރު | 17 ގަޑިއިރު ކުރިންހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަގާމުން ވަކިކޮށްފިޚަބަރު | ދުވަހެއް ކުރިންއައިންތު މިސް އާއި އަމީންގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިން