logo
ޚަބަރު

އަޅުގަނޑުގެ ވިސްނުމަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރުން އޭގެ ނަތީޖާ ރަނގަޅުވާނެ: ރައީސް

ޝަހްޒާ މުހައްމަދު
19 އޯގަސްޓު 2025 - 06:42
އަޅުގަނޑުގެ ވިސްނުމަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރުން, އޭގެ ނަތީޖާ ރަނގަޅުވާނެ: ރައީސް

އެމަނިކުފާނުގެ ހުރިހާ ފަލްސަފާއަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރެއްވުން ކަމަށާއި، ރައްޔިތުންގެ ގާތަށް ވަޑައިގެން މަޝްވަރާކުރައްވާ ކަންކަމުގެ ނަތީޖާ ރަނގަޅުވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ހިމަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ހިމަންދޫ ރައްޔިތުންގެ އުންމީދުތައްވެސް ހަގީގަތަކަށް ހަދައިދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ އެކަންކަން ފުރިހަމަކޮށްދެއްވުމަށްކަމަށެވެ. ހިމަންދޫގެ ތަރައްޤީގައި މުހިންމު މަޝްރޫޢުތައް ހިމެނޭކަމަށާއި، އެގޮތުން ސްކޫލުގައި ނުނިމިހުރި ކަންކަންކަމަކީ ރަށަށް އެންމެ ދަތިވެފައިވާ މައްސަލައަކަށްވާތީ، އެ މަޝްރޫޢު ނިންމުމަށް ވަރަށް އިސްކަންދެއްވާކަމަށެވެ. އެ މަޝްރޫޢު ނިންމުމަށް ކޮންޓެކްޓަރަށް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަމާޒަކީ 75 ދުވަސް ތެރޭ ނޫނީ ގިނަވެގެން 3 މަސްތެރޭ މަޝްރޫޢު ނިންމުން. މި ހިނގާ އަހަރު ތެރޭ ފަށައި އައު އެކަޑަމިކް އަހަރު ކިޔަވައިދިނުން ފެށުން" ރައީސް ވިދާޅުވިއެވެ.

އެކަމުގައި ބެލެނިވެންނާ މުދައްރިސުންނާ ދަރިވަރުން އެންމެ ބޭނުންވާ ކަމަކީ އެއީކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އއ. ހިމަންދޫ ސްކޫލްގައި 12 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލެއް ޢިމާރާތްކުރުމުގެ މަސައްކަތް ފެށީ 2021ވަނަ އަހަރުއެވެ. މަޝްރޫޢު ފެށިނަމަވެސް ނިމިދިޔަ ސަރުކާރުގެ ތެރޭގައި ވަނީ މަޝްރޫޢު ހުއްޓިފައެވެ. ވުމާއެކު މިއީ ރައްޔިތުންނާއި ބެލެނިވެރިން އަދި ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ރައީސްގެ ވާހަކަފުޅުގައި ހިމަންދޫގައި ހުޅުވި ސިއްޙީ މަރުކަޒުގެ އައު އިމާރާތާއެކު ސިއްޙީގޮތުން ކުރިއެރުން އަންނާނެކަމަށާއި، އެއާއެކުވެސް އައު ޚިދުމަތްތައް ފެށުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. ކޮންމެ ރަށަކަށްވެސް އެރަށެއްގެ ފެންވަރުގައި ލެބޯޓްރީއާއެކު ސިއްޙީ ޚިދުމަތް ދިނުމަށް ނިންމާފައިވާތީ، ހިމަންދޫގެ ސިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ފެންވަރު މަތިކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިހާރު ސިއްޙީ ބައެއް ޚިދުމަތް ހޯދުމަށް އެހެން ރަށްރަށް ދަތުރުކުރަންޖެހޭތީ އަންނަ އަހަރު ހިމަންދޫ ސިއްޙީ މަރުކަޒުގައި ރަނގަޅުފެންވަރުގެ ލެބޯޓްރީއެއް ޤާއިމްކޮށް އިންސާނީ ވަސީލަތްވެސް ހޯދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިމަންދޫގައި މިހާރުވެސް މިސްކިތެއް އެޅުމުގެ މަސައްކަތެއް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހަށް އެ މަސައްކަތް ނިންމާ ބޭނުންކުރެވޭވަރު ކޮށްދޭނެކަމަށެވެ.

ހިމަންދޫގެ ރަށްގިރުމުގެ މައްސަލައަކީ ސީރިއަސް މައްސަލައެއްކަމަށާއި، ރަށްރަށުގެ ރަށްގިރުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ހިލަ މިހާރު ގެނެސްފައިވާކަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރު ނެރުގައި މައްސަލަތެއްވެސް ހުރިކަންވެސް ފާހަގަކުރައްވާ ރއީސް ވިދާޅުވީ ރަށްގިރުމާއި ނެރުގެ މައްސަލަ އެކުއެކީ ނިންމައިދޭނެކަމަށެވެ.

ކުޅިވަރުގެ ވަސީލަތް ޤާއިމްކުރުމަށްވެސް އިސްކަންދެއްވާކަން ފާހަގަކުރައްވާ ރައީސް ވަނީ ހިމަންދޫގައިވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އިންޑޯޖިމްގެ އިތުރުން އެރަށުގެ މިހާރުގެ ދަނޑަށް ބޭނުންވާ އިތުރު ވަސީލަތް ޤާއިމްކުރުންވެސް މިއަހަރު ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ހޭންޑްބޯލް ކޯޓެއް ތަރައްްޤީކުރުމަށް މިހަފްތާގައި ހަވާލުކުރެވޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަންނަ މަހު މަޖިލީހަށް ހުށައަޅާ ބަޖެޓުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭންޑު ބޯލް ކޯޓު އެޅުމަށް ދެ އަހަރު ދުވަހުގެ މަޝްރޫއެއް ހިމަނާނެކަމަށެވެ. އެއީ ކާމިޔާބު މަޝްރޫޢަކަށްވާނެކަމަށާއި، އެކުޅިވަރު ކުރިއެރުވުމަށް އިސްކަންދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ކުރިއަރާ ރަށްރަށުގައި ތާރު އެޅުމުގެ ބަދަލުގައި ވެލި މަގުގައި ފެންހިނދޭނެ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާކަމަށެވެ. ވުމާއެކު ހިމަންދޫ ރައްޔިތުން އެދޭގޮތަށް މަގު ހެދުން ކުރިއަށް ގެންދާނެކަމށާއި، އެއާއެކު ރައްޔިތުން ނިންމާ ކޮންސެޕްޓަށް މިއަހަރު ތެރޭ އަމަލީ މަސައްކަތް ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހިމަންދޫއަށް ބިން އިތުރުކުރުމަށް އިސްކަންދެއްވާކަަމށާއި، އެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިހާބު އެއްކޮށްލާ ބިލު އަންނަ ދައުރުގައި މަޖިލީހަށް ހުށަހަޅަނީ ޚަބަރު | ގަޑިއިރެއް ކުރިންތޮއްޑޫ ސިއްހީ މަރުކަޒުގެ ބަދަލުގައި 30 އެނދުގެ ހޮސްޕިޓަލެއްޚަބަރު | 2 ގަޑިއިރު ކުރިންތޮއްޑޫ މާސްޓާސް އިންޓަނޭޝަނަލް ޓީޓީ މުބާރާތް ރައީސް ފައްޓަވައި ދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންވޭޕް މަނާކުރުމަށް ސަރުކާރުން ކުރި މަސައްކަތަށް ތޮއްޑޫ ކައުންސިލްގެ ޝުކުރު ޚަބަރު | 3 ގަޑިއިރު ކުރިން