17 އަހަރުން ދަށުގެ ޤައުމީ ޓީމުގެކޯޗުކަމަށް ސޮބާ
21 އޯގަސްޓު 2025 - 15:52

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރުކަމަށްވާ ސޮބާހް މުހައްމަދަށް ޢައްޔަނުކޮށްފިއެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްއިން ސޮބާ އަށް ކޯޗުކަން ދީފައިވަނީ ކުރިއަށް އޮތް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ.
ސޮބާ އަށް 17 އަހަރުން ދަށުގެ ކޯޗުކަން ދޭން އެފްއޭއެމުން ނިންމީ އެ އިދާރާއިން ބޭއްވި އެކްސްކޯ ބައްދަލުވުމުގައެވެ. ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމަށް ސޮބާއާއެކު ވާދަކުރީ ކުރީގެ ކޯޗު މުހައްމަދު ޝާހިދު އާއި އަހުމަދު ނާޝިދާއި، ފަރީދު މުހައްމަދެވެ.

Ad by Hajj Corporation
ސޮބާ ވަނީ ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭންގެ ކޯޗުކަމުގެދަށުން 23 އަހަރުންދަށުގެ ގައުމީ ޓީމުގައި އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކޮށްފައެވެ.
ސޮބާ، އެންމެ ފަހުން މަސައްކަތް ކުރީ ނިއު ރޭޑިއަންޓްގައެވެ. އެފްއޭއެމުން އޭޕްރީލު މަހު ބޭއްވި ލީގު ކަޕްގައި އޭނާގެ ކޯޗުކަމުގެ ދަށުން ނިއު އެ މުބާރާތުގައި ވާދަ ކުރި އެވެ. ސޮބާ ކޯޗުކަން ކޮށްދިން އެހެން ކުލަބުތަކުގެ ތެރޭގައި ވިކްޓަރީ އާއި ވެލެންސިއާ އަދި ގްރީން ސްޓްރީޓް ހިމެނެއެވެ.