logo
ކުޅިވަރު

ފުޓްސަލް އެވޯޑާއެކު މިއަހަރުގެ ފުޓްބޯޅަ އެވޯޑްސް އަލުން ތައާރަފްކުރަނީ

އާމިނަތު ޝަފާ
15 ސެޕްޓެމްބަރު 2025 - 05:25
ފުޓްސަލް އެވޯޑާއެކު މިއަހަރުގެ ފުޓްބޯޅަ އެވޯޑްސް އަލުން ތައާރަފްކުރަނީ

ދޮޅު އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ފަށާ ފުޓުބޯޅަ ސީޒަނުގައި، ފްޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް- އެފްއޭއެމްގެ އެވޯޑް ދޭން ފަށާނެކަން އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ޠާރިޤު (ޓޮމް) ހާމަކުރައްވައިފިއެވެ.

ފުޓްބޯޅަ މައްސަލަގަނޑެއްގެ ތެރޭގައި އަޑިއަޅާލާފައި ގިނަދުވަސްތަކެއްގައި އޮތުމަށްފަހު، އެފްއޭއެމްގެ ހިންގުން އަލުން ބާރު ސްޕީޑެއްގައި ފަށައި، ހެޔޮ ބަދަލުތަކެއް އެފްއޭއެމްގެ ފަރާތުން ގެންނަމުންދާ މި ދަނޑިވަޅުގައި، އެފްއޭއެމްގެ ރައީސް ޓޮމް ވަނީ ރާއްޖޭގެ އެ ކުލިވަރެއްދެކެ އެންމެ ގިނަ ބަޔަކު ލޯބިވާ ފުޓްބޯޅައިގެ ސަޕޯޓަރުންނަށް އުފާވެރި މެސެޖެއް ދޫޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޮމް އޭނާގެ ފޭސްބުކުގައި ހާމަކުރެއްވި ގޮތުގައި ކުޅިވަރުގެ ރޫޙު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި އަދި ފުޓްބޯޅައިގެ ޙިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި، ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ފަށާ ފުޓްބޯޅަ ސީޒަންގައި އެފްއޭއެމް އެވާޑްސް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި އެވޯޑް ދިނުމަށް ކަނޑައަޅާ މަގާމުތަކަކީ:

1- އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (1، 2 އަދި 3 ވަނަ)

2- އެންމެ މޮޅު ފުޓްބޯޅަ ކޯޗް

3- އެންމެ މޮޅު ފުޓްބޯޅަ ކުލަބު

4- 21 އަހަރުންދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

5- ރާއްޖޭއިން ބޭރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

6- ރަން ބޫޓް (އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ)

7- ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)

8- އެންމެ މޮޅު ފުޓްބޯޅަ ރެފްރީ

9- އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ

10- އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ

11- އެންމެ މޮޅު ގޯލް

ޓޮމްވަނީ އަލަށްފަށާ ފުޓްބޯޅަ ސީޒަންގައި ވާދަކުރާ ކުޅުންތެރިންނާއި، ކޯޗުންނާއި، ކުލަބުތަކާއި، މެޗްތަކުގައި އިންސާފުކުރާ ރެފްރީންނަށް ކާމިޔާބު އަދި ވާދަވެރި މުބާރާތްތަކަކަށް އެދޭކަމަށް ވިދާޅުވެފައެވެ.

އެފްއޭއެމްގެ އެވޯޑުގައި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހޮވާ މިއީ ފުރަތަމަ ފަހަރެވެ.

ދޮޅު އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ފަށާ ފުޓުބޯޅަ ސީޒަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެެވެ. ފުޓުބޯޅަ ސީޒަން ހުޅުވާ މެޗުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް ކުލަބާއި، ކްލަބް އީގަލްސްއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްސަލް އެވޯޑާއެކު މިއަހަރުގެ ފުޓްބޯޅަ އެވޯޑްސް އަލުން ތައާރަފްކުރަނީ ކުޅިވަރު | 3 ގަޑިއިރު ކުރިން17 އަހަރުން ދަށުގެ ޤައުމީ ޓީމުގެކޯޗުކަމަށް ސޮބާކުޅިވަރު | 25 ދުވަސް ކުރިން