އެފްއޭއެމް 14 އަހަރުން ދަށުގެ މުބާރާތް އިއުލާނުކޮށްފި
28 ޑިސެމްބަރު 2025 - 11:29

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް- އެފްއޭއެމްގެ 14 އަހަރުންދަށުގެ މުބާރާތް އިއުލާންކޮށްފި އެވެ.
އެފްއޭއެމްގެ 14 އަހަރުންދަށުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީމަހުގެ 6 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކްލަބްތަކުގެ އެކަޑަމީތަކަށާއި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ އެކަޑަމީއަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖަނަވަރީމަހުގެ 11 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިންނެވެ.
ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު، އެފްއޭއެމްގެ އީމެއިލް އެޑްރެސް league@famaldives.com އަށް ފޮނުވުމަށް އެ އެސޯސިއޭޝަނުން ވަނީ އިއުލާންކޮށްފައެވެ.
އެފް.އޭ.އެމްގެ އެކަޑަމީ އެކްރިޑިއޭޝަން ކްރައިޓީރިޔާ ފުރިހަމަ ނުކުރާ އެކަޑަމީތަކުން، މި މުބާރާތުގައި ބައިވެރިވުމަށްފަހު، އެކަޑަމީ އެކްރިޑިއޭޝަން ކްރައިޓީރިޔާ ފުރިހަމަ ކުރުމަށް ފުރުސަތު ލިބޭނެކަމަށްވެސް އެފްއޭއެމްއިން ބުނެއެވެ.


