logo
Bank of Maldives

Bank of Maldives

ޚަބަރު

11އަށް ވަންނަ ކުދިންގެ އަދަދަށް ބަލައި ސީއެޗްއެސްއީގައި 2 ދަންފަޅިއަށް ކިޔަވައިދެނީ

އާމިނަތު ޝަފާ
22 އޯގަސްޓު 2025 - 13:25
11އަށް ވަންނަ ކުދިންގެ އަދަދަށް ބަލައި ސީއެޗްއެސްއީގައި 2 ދަންފަޅިއަށް ކިޔަވައިދެނީ

ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުން މާލެއާއި ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީއަށް ވަންނަ ދަރިވަރުންގެ އަދަދަށް ބަލައި އެ ދެ ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވިދާޅުވީ، ސީއެޗްއެސްއީ ހުޅުމާލެއާއި މާލޭގައި ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، ވީހާވެސް ގިނަ ކުދިންނަށް ފުރުޞަތު ދިނުމުގެ ގޮތުން، އަންނަ ދިރާސީ އަހަރު އޭލެވެލްގެ ކިޔެވުން އެ ދެ ސްކޫލުގައި ފަށާނީ ދެ ދަންފަޅިއަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ ސްކޫލުގައި މިހާރު ކިޔަވައިދެމުން އަންނަނީ އެއް ދަންފަޅިއަށެވެ. ދިރާސީ ކަލަންޑަރުގައިވާ ގޮތުން އޭލެވެލްގެ ކިޔެވުން ފަށަން މި އަހަރު ކަނޑައަޅާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހެވެ.

ސީއެޗްއެސްއީގެ ދެ ސްކޫލުގެ 11އަށް ވަންނަން ހުޅުވާލީ މި މަހު 19 ވަނަ ދުވަހުއެވެ. މުއްދަތު އަންނަ މަހުގެ 4 ވަނަ ދުވަހަށް ހަމާވާއިރު، ތިން ދުވަސް ތެރޭ 900 ދަރިވަރުން އެ ދެ ސްކޫލަށް ވަންނަން އެޕްލިކޭޝަން ފޯމް ހުށައަޅާފައިވެއެވެ.

އޭލެވެލް ކިޔަވާ ދަރިވަރުން އިތުރު ކުރުމުގެ ގޮތުން، ކުރީގެ ސީއެޗްއެސްސީ އަލުން އިއާދަކޮށް، އަތޮޅު ތެރޭގެ 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް ކާމިޔާބު ކަމަށެވެ.

އޭލެވެލްއަށް ކިޔަވާ ދަރިވަރުން އިތުރު ކުރުމުގެ ގޮތުން އޭލެވެލްއަށް ވަންނަ ދަރިވަރުންގެ ކުރައިޓީރިއާއަށް ބޮޑު ބަދަލެއް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ގެނެސްފައެވެ. އޯލެވެލްއަށް ކިޔެވޭނެ ތިން މަގެއް ކަނޑައަޅައި އެއިން ކޮންމެ މަގަކުން ވެސް އޭލެވެލްއަށް ދެވޭނެ ފަހި ފުރުޞަތުތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ފަހިކޮށްދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަހީދު ޢަލީ ސްކޫލަށް ބަދަލުވާ ދަރިވަރުން ލަސްނުކޮށް ފޯމް ހުށައެޅުމަށް އިލްތިމާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން11އަށް ވަންނަ ކުދިންގެ އަދަދަށް ބަލައި ސީއެޗްއެސްއީގައި 2 ދަންފަޅިއަށް ކިޔަވައިދެނީޚަބަރު | 2 މަސް ކުރިންދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއްޚަބަރު | 5 މަސް ކުރިންކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް މާލޭގެ 5 ސަރަހައްދެއްގައިޚަބަރު | 6 މަސް ކުރިން