logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިހާން މުހިންމު: ރައީސް

އަޙުމަދު ރަފީޢު
27 ސެޕްޓެމްބަރު 2026 - 04:44
ކުދިންތަކެއް އޭލެވަލް އިމްތިހާން ހަދަނީ
ކުދިންތަކެއް އޭލެވަލް އިމްތިހާން ހަދަނީ

ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިހާނަކީ މުހިންމު މަރުހަލާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފެށުނު މި އަހަރު މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށާއި މަދަރުސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމުގައި އަދި ވަކީން ހާއްސަކޮށް، މަތީ ތައުލީމު އުނގެނޭނެ ދާއިރާއެއް ހިޔާރުކޮށް ކުރިއަށް ދިއުމުގައި، މަތީ ސާނަވީ އިމްތިހާނަކީ މުހިންމު މަރުޙަލާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިމްތިހާނަށް ތައްޔާރުވުމަށް ކުދިން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ ކަމަށެވެ.

"މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، މި އިމްތިހާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަހުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ތިޔަ ކުދީން ގައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރަން،" ރައީސް ވިދާޅުވެފައިވެ އެވެ.

މި އަހަރުގެ އިމްތިޙާނުގައި ރާއްޖެއިން 8,000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8,111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނުގައި 7,776 ދަރިވަރުން ބައިވެރިވާނެކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނާއި އެޗްއެސްސީ އިމްތިޙާނު މިމަހުގެ 20 އިން ފެށިގެން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިހާން މުހިންމު: ރައީސްޚަބަރު | ގަޑިއިރެއް ކުރިންޝަހީދު ޢަލީ ސްކޫލަށް ބަދަލުވާ ދަރިވަރުން ލަސްނުކޮށް ފޯމް ހުށައެޅުމަށް އިލްތިމާސްކޮށްފިޚަބަރު | އަހަރެއް ކުރިން11އަށް ވަންނަ ކުދިންގެ އަދަދަށް ބަލައި ސީއެޗްއެސްއީގައި 2 ދަންފަޅިއަށް ކިޔަވައިދެނީޚަބަރު | އަހަރެއް ކުރިންދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއްޚަބަރު | އަހަރެއް ކުރިން