logo
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ރިވިއުގައި ރާއްޖެއިން ބައިވެރިވެއްޖެ

އައިމިނަތު މޫސާ
23 އޯގަސްޓު 2025 - 09:43
ބަންޑާރަ ނައިބު އަޙްމަދު އުޝާމް -- ފޮޓޯ: ދައުރު
ބަންޑާރަ ނައިބު އަޙްމަދު އުޝާމް -- ފޮޓޯ: ދައުރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާގެ ރިވިއުގައި ދިވެހިރާއްޖެއިން ބައިވެރި ވެއްޖެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާގެ ދަށުން، 2018 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އިނީޝަލް ރިޕޯޓު އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސްއިން ރިވިއުކުރުމަށްޓަކައި 20 އޮގަސްޓު 2025 ގައި ބޭއްވި ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާކަމަށެވެ. 5 އެޕްރީލް 2010 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މި މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އިނީޝަލް ރިޕޯޓުގައި، އެ މުޢާހަދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް އެގޮތަށް ލިބިދިނުމަށްޓަކައި، 2010 އިން 2018 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެ ރިޕޯޓާ ގުޅިގެން ކޮމިޓީން 2022 ގައި ފޮނުއްވި ސުވާލުތަކަށް ދިވެހިރާއްޖެއިން ވަނީ އެޕްރީލް 2023 ގައި ޖަވާބު ހުށަހަޅާފަކަމަށް ވެސް އޭޖީގެ ބަޔާނުގައި ވެއެވެ.

ރިވިއު ފެއްޓެވުމުގެ ގޮތުން ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަކީ އިންސާނީ ކަރާމާތާ ގުޅިލާމެހިފައިވާ ޙައްޤުތަކެއް ކަމަށާއި، އެއީ ހަމަހަމަ ފުރުޞަތުތަކާއި، ފުރިހަމަ ބައިވެރިވުމާއި، ފުރިހަމަ ޤާބިލުކަމަށް ހުރަސްއަޅާ ކޮންމެ ހުރަހެއް ނައްތާލުމަށް ބާރުއަޅާ ޙައްޤުތަކެއްކަމަށެވެ. އަދި ދިވެހިރާއްޖެއިން ސިޔާސަތުތައް އެކުލަވާލުމުގައި މިހާރު ގެންގުޅޭ އުސޫލަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ވަކިވަކިން އެކަހެރިކޮށް ޙައްލުކުރުމުގެ ބަދަލުގައި، ހުރިހާ ދާއިރާއަކުން ޤައުމީ ފެންވަރުގައި އެކުލަވާލައި މައިގަނޑު ސްޓްރެޓެޖީތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް ވަށާޖެހޭ ޙައްލުތަކެއް ހިމެނުންކަމަށް ވިދާޅުވެފައިވެއެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ރިވިއުގައި، މުޢާހަދާ ތަންފީޛުކުރުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ.

މި ރިވިއުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ބޭފުޅުންނެވެ. އަދި މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ.
މި ރިވިއު ސެޝަނަށްފަހު، ދިވެހިރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް އެޑޮޕްޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓު 2025 ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ރިވިއުގައި ރާއްޖެއިން ބައިވެރިވެއްޖެޚަބަރު | 13 ދުވަސް ކުރިންއާރްޑީސީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ބޮޑެތި މައްސަލަތަކެއް!ޚަބަރު | މަހެއް ކުރިންއައިސީޖޭ އަށް ރާއްޖެއިން ރަސްމީ ބަޔާން ހުށަހަޅައިފިޚަބަރު | 6 މަސް ކުރިން ބަދަލުގެ ނަމުގައި ބަހާލީ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަބަރު | 8 މަސް ކުރިން