logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި

އަޙްމަދު ޒަލީފް
23 އޯގަސްޓު 2025 - 10:59
ދަރަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑަޔަލިސިސްއަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން، ކިޑްނީ މަސައްކަތްކުރުން ވަކި ވަރަކަށްވުރެ ދަށްވުމުން، ކޮންމެ ހަފްތާއަކު ދޭއް ނުވަތަ ތިން ދުވަހު، ހަށިގަނޑުގައި ލޭ ސާފުކުރުމަށް ހަތަރު ގަޑިއިރަށް ދޭ ފަރުވާއެކެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގައި މި ޚިދުމަތް ފަށާފައިވަނީ ދެ އެނދުގެ ޔުނިޓަކާއެކުގައެވެ. އަދި މި ޚިދުމަތާއެކު އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއްވެސް މިހާރު ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ހުންނަވާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ދަރަވަންދޫގައި މި ޚިދުމަތް ފެށުމާއެކު، މިހާރު ރާއްޖޭގައި ޑަޔަލިސިސްގެ ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި، ވ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައި އެކަންޏެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ޑަޔަލިސިސްގެ ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަންޖެހޭ އުނދަގޫ ނައްތާލުމަށް މި ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފިޚަބަރު | މަހެއް ކުރިންއެތައް ރައްޔިތެއް އުފުލަމުން އައި ބުރައަށް ލުޔެއް: ދެ އަހަރުތެރޭ 10 ޑައިލިސިސް ސެންޓަރުޚަބަރު | 3 މަސް ކުރިންރަށްތައް ތަރައްޤީ ކުރަންވާނީ އެ ރަށެއްގެ ސިފަތައް ނުގެއްލޭނެހެން: މިނިސްޓަރޚަބަރު | 4 މަސް ކުރިންދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ޑިޒައިންކުރަން އަމިއްލަ ކުންފުންޏަކަށްޚަބަރު | 5 މަސް ކުރިން