logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކަރުތާފެނުގައި އޮތް ބާސާ ސަލާމަތްވީ ފަހުގަޑީގައި އިނދިކޮޅުޓީމުން ބައިކޮޅަށް ޖެހި ގޯލަކުން

އަބްދުﷲ ޣާނިމް
24 އޯގަސްޓު 2025 - 04:54
ކަރުތާފެނުގައި އޮތް ބާސާ ސަލާމަތްވީ ފަހުގަޑީގައި އިނދިކޮޅުޓީމުން ބައިކޮޅަށް ޖެހި ގޯލަކުން

ލަލީގާގެ ޗެމްޕިއަން ބާސެލޯނާ އިން އަލަށް ޕްރޮމޯޓް ވި ލެވާންޓޭ އާ ދެކޮޅަށް ކުޅުނު މެޗުން ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ. މުޅިމެޗުގެ ބޮޑުބައެއް ލީޑުގައި އޮވެގެން ކުޅުނު ލެވަންޓޭ ބާސާ އަތުން ބަލިވީ ފަހުގަޑީގައި އެޓީމުގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލަކުންނެވެ.

މެޗުފަށައިގެން އެންމެ 15 މިނެޓުގައި ލެވަންޓޭ އިން ގޯލެއްޖަހައި ލީޑުނެގިއެވެ. އަދި ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ބާލްޑޭ އަތުގައި ޖެހިފައި ލިބުނު ޕެނަލްޓީއަކުން ލެވާންޓޭ ވަނީ ދެގޯލުގެ ލީޑެއް ނަގާފައެވެ. މީގެ އިތުރުންވެސް ގޯލު ޖަހާނެ ވަރަށް ގިނަ ފުރުސަތު ފުރަތަމަ ހާފުގައި ލެވާންޓޭ އަށް ވަނީ ފަހިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޅިމެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ބާސާއަށް ފުރަތަމަ ހާފުގައި ގޯލުޖަހާނެ މާގިނަ ފުރުސަތުތަކެއް ނުލިބުނަސް، ދެވަނަ ހާފުގައި ގަވީ އަދި އޮލްމޯ ދަނޑަށް ނިކުތް ހިސާބުން ބާސާއިން ފުލުފުލުގައި ހަމަލާތައް ފޮނުވާލަން ފެށިއެވެ. އެގޮތުން 49 ވަނަ މިނެޓުގައި ޕެޑްރީ އަދި 52 ވަނަ މިނެޓުގައި ފަރމިން ލޮޕޭޒް ވަނީ ކައިރިކައިރީގައި ދެގޯލުޖަހައި މެޗު އެއްވަރުކޮށްދީފައެވެ.

މިގޯލަށްފަހު ދެޓީމަށްވެސް ގޯލުޖަހާނެ ހުސްފުރުސަތުތަކެއް ލިބުނުނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ޔަމާލްގެ ހުރަހެއް ލެވަންޓޭގެ ކުޅުންތެރިއެއްގެ ބޮލުގައިޖެހި ބައިކޮޅަށް ވަނީ ވަދެފައެވެ. މެޗު ނިމުނީ 3-2 އިންނެވެ. މިމޮޅާއެކު ބާސާ އޮތީ ތާވަލުގެ އެއްވަނައިގައެވެ.

މީގެ އިތުރުން އައު 10 ކުޅުންތެރިންނާއެކު ބޮޑު ޚަރަދެއް ކޮށްގެން މިސީޒަނާ ކުރިމަތިލި އެތްލެޓިކޯ މެޑްރިޑް ވަނީ ރޭގައި ދެވަނަ މެޗުންވެސް ޕޮއިންޓް ގެއްލުވާލާފައެވެ. ފުރަތަމަ މަޗުގައި އެސްޕަނިޔޯލް އަތުން 2-1 އިން ބަލިވެފައިވާއިރު، ރޭގައި އެލްޗޭ އަޗުން 1-1 އިން ވަނީ އެއްވަރުވެފައެވެ. 225 މިލިޔަން ޑޮލަރަށްވުރެ ބޮޑު އަދަދެއް މިސަމަރ ޓްރާންސްފާގައި ޚަރަދުކުރި އެތްލެޓިކޯ މިވަގުތު އޮތީ 1 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.

sorloth_1qfy84yohu8ur19161w77bm9ys.jpg

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެސީޒަންތެރޭ 5 ތަށި ބާސެލޯނާއަށް ހޯދައިދިން ކޯޗު އިތުރު ދެއަހަރަށް ބާސާގައި ހުންނަން ކޮންޓްރެކްޓް އައުކޮށްފިކުޅިވަރު | 3 ދުވަސް ކުރިންލެވަންޑޯސްކީއަށް ކޭމްޕް ނޯއިން އަލްވަދާއު ކިޔައި، ބާސެލޯނާއިން ރެކޯޑަކާއެކު މޮޅުވެއްޖެކުޅިވަރު | 4 ދުވަސް ކުރިންބާސެލޯނާއިން ލެވަންޑޮވްސްކީ ދޫކޮށްލަން ނިންމައި އެކަން ރަސްމީކޮށް އިޢުލާންކޮށްފިކުޅިވަރު | 5 ދުވަސް ކުރިންނެގްރެއިރާ މައްސަލައަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ: ފްލޮރެންޓީނޯ ޕެރޭޒްކުޅިވަރު | 9 ދުވަސް ކުރިން