logo
Bank of Maldives

Bank of Maldives

ދުނިޔެ

ފާއިތުވި 24 ގަޑިއިރު: އިޒްރޭލުގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ޝަހީދުން، 8 ކުއްޖަކު ބަނޑަށް މަރުވެއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
25 އޯގަސްޓު 2025 - 07:42
މުޅި ޣައްޒާއަށް ވަނީ ހައިހޫނުކަން ވެރިވެފައި
މުޅި ޣައްޒާއަށް ވަނީ ހައިހޫނުކަން ވެރިވެފައި

ނިރުބަވެރި ޔަހޫދީ ދައުލަތް، އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މަދުވެގެން 51 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 8 ކުއްޖަކު ބަނޑަށް މަރުވެފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ޣައްޒާގެ ޞިއްޙީ ވަސީލަތްތަކާ ހަވާލާދީ ބޭރުގެ ނޫސްތަކުގެ ރިޕޯޓުތަކުން ބުނާ ގޮތުން، ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާ ސިޓީގެ 27 މީހަކު ހިމެނޭއިރު، އޭގެ ތެރެއިން 24 މީހުން ޝަހީދުވެފައިވަނީ އިންސާނީ އެހީ ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ. އަދި އޭގެ ތެރޭގައި 16 ކުޑަކުދިން ހިމެނޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ނިރުބަވެރިން ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތި ނުލިބި އިތުރު 8 ކުއްޖަކު ބަނޑަށް މަރުވެފައިވާއިރު، އެ ސަރަހައްދުގައި ކުރިމަތިވެފައިވާ އިންސާނީ ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ކަންމިހެން އޮތް އިރު، މެދުއިރުމަތީގައި ފުރަތަމަ ފަހަރަށް، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އދ. އިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

އެގޮތުން އދ. އާ ގުޅިފައިވާ އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަންގެ މަޢުލޫމާތު ދައްކާ ގޮތުގައި 514،000 އަށްވުރެ ގިނަ މީހުން ނުރައްކާތެރި ބަނޑުހައިހޫނުކަމުގެ ހާލަތެއްގައިވާއިރު، ކުރިއަށް އޮތް ހަފްތާތަކުގައި މި އަދަދު އިތުރުވާނެ ކަމަށް އ.ދ އިން ވަނީ ލަފާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 9 ދުވަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 10 ދުވަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 18 ދުވަސް ކުރިންރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިޚަބަރު | 21 ދުވަސް ކުރިން