logo
MPL

MPL

ޚަބަރު

ނާގޯށީ ޓޫރިޒަމްއަށް ތަރައްގީ ކުރުމަށް އެމްޓީސީސީއަށް

ނުހާ އަޙްމަދު
25 އޯގަސްޓު 2025 - 10:53
ފޮޓޯ--// ރައީސް އޮފީސް
ފޮޓޯ--// ރައީސް އޮފީސް

ހދ އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމަށްޓަކާ، ސަރުކާރުގެ އެހީތެރިކަމާއި އެކު އެއަތޮޅު ނާގޯށީގެ މަސައްކަތް ފެށުމަށް އެމް.ޓީ.ޑީ.ސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއީ ވަރަށް ދުވަސްވެފައިވާ އަދި އަމަލީ މަސައްކަތް ފެށިފައިނުވާ މަސައްކަތެއްކަން ފާހަގަކުރައްވާ އެ ރައީސް ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން މަގުފަހިކޮށްދެއްވައިގެން، އެމްޓީޑީސީގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ހދ އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ނަތީޖާފެންނާގެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

އަމާޒަކީ ހދ އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްގީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހދ އަތޮޅުގެ ވަރަށް ގިނަ ފަޅުތައް މިހާރުވެސް ގިނަ ލުއިތަކާއިއެކު ޓޫރިޒަމް ތަރައްގީކުރުމަށް ހުޅުވާލާފައިވަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރަށުގެ ތަރައްގީއަށްޓަކައި ކޮއްދެއްވާނެ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، ބަނދަރު ތަރައްގީކުރުމާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ހެލްތު ސެންޓަރު ތަރައްގީކުރައްވާއިރު، ލެބޯޓްރީގެ ހިދުމަތާއިއެކު އެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އޭގެ ކުރިންވެސް އެރަށަށް އެމްބިއުލާންސެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މަގުހެދުމާއި، ވަސީލަތް ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހެދުމާއި، ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޖެންސެޓެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފައެވެ.

މިއަދުގެ ރަސްމިއްއޔާތުގައި ނައިވާދޫ ބިން ހިއްކުމާއި ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝަރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 4 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 4 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 19 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 19 ގަޑިއިރު ކުރިން