logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި"ރޭމް" ގެ މަސައްކަތް ޢަމަލީ ގޮތުން ފަށަނީ

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
25 ސެޕްޓެމްބަރު 2024 - 10:47
ރޭމްގެ ސްޓޭކްހޯލްޑަރ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާ
ރޭމްގެ ސްޓޭކްހޯލްޑަރ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާ

އދ.ގެ އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން(ޔުނެސްކޯ) އާއި ދިވެހި ސަރުކާރުގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) ގުޅިގެން ނެޝަނަލް ސްޓިއަރިން ކޮމިޓީ މީޓިންގ ފޯ ދަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ރެޑިނެސް އެސެސްމަންޓް މެތަޑޮލޮޖީ (ރޭމް) ގެ ބައްދަލުވުމެއް ބާއްވާފިއެވެ.

މިއީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އދ ގެ 193 މެމްބަރު ގައުމަކުން ބަލައިގަތް ޔުނެސްކޯ "ރިކޮމެންޑޭޝަން އޮން ދަ އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" ބޭނުންކުރުމުގެ އެތިކްސް އާ ގުޅިގެން ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ދުނިޔޭގެ ފެންވަރުގައި އެއްބަސްވެވިފައިވާ ފުރަތަމަ މިންގަނޑެވެ. މީގެ ދަށުން ދިވެހިރާއްޖޭގައި "ރޭމް" ގެ މަސައްކަތް ޢަމަލީ ގޮތުން ފެށުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ މެދުގައި ބައްދަލުވުމެއްވަނީ މިއަދު ބާއްވާފައެވެ. މީގެ ބޭނުމަކީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، އިޖްތިިމާއީ ގޮތުން އެއްވެސް ބަޔަކު ބާކީނުވާ އުސޫލަކުން ދެމެހެއްޓެނިވި ތަރައްޤީ ގެނެއުމަށްޓަކައި އޭ.އައިގެ އިންޤިލާބީ ވަސީލަތް އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތުގެ ދަށުން ޔުނެސްކޯއިން ރާއްޖެ ފަދަ މެމްބަރު ގައުމުތަކަށް "އޭއައި ރޭމް" މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އެކަމުގެ ސަބަބުން ގައުމުތަކުގެ އެތިކަލް އޭ.އައި ފްރޭމްވޯކްތައް ބަލައިގަތުމުގެ ގާބިލްކަން ދެނެގަނެވޭނެއެވެ.

މިއަދުގެ ބައްދަލުވުމުގެ މައިގަނޑު ބެނުމަކަށް ވެފައިވަނީ ސްޓީއަރިންގ ކޮމިޓީ ރަސްމީގޮތުން އިފްތިތާޙްކުރުމާޢި، ކޮމިޓީ ގެ މަސައްކަތާ ގުޅެގޮތުން މެމްބަރުންނަށް ތަޢާރަފެއް އެރުވުމެވެ. މި ކޮމިޓީއަށް މެމްބަރުން ހޮވާފައިވަނީ ރާއްޖޭގައި މިދާއިރާގައި ހަރަކާތްތެރިވާ މުހިއްމު ފަރާތްތައް ހިމެނޭނެ އުސޫލަކުންނެވެ.

ކޮމެޓީގެ ބައްދަލުވުން ފައްޓަވައިދެއްވަމުން ކޮމެޓީގެ ޗެއާމަން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ ރާއްޖެއަކީ އައު އީޖާދުތަކަށް މަރުހަބާ ކިޔާ ސަގާފަތެއް ގެންގުޅޭ ޤައުމެއް ކަމަށާއި އޭ.އައިގެ އެހީގައި އަޅުގަޑުމެންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެންދިއުމަށް ތައްޔާރަށް ތިބިކަމަށެވެ. ދެމެހެއްޓެނިވި ތަރައްޤީއަކަށް ވާސިލްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އާޓިފިޝަލް އިންޓެލިޖެންސްގެ ތަސައްވުރު ހާސިލްކުރުމަށްޓަކައި މިފެށޭ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށްވެސް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިއްޔެ އަތުލައިގަތް 18 ކިލޯ މަސްތުވާތަކެތި ބަލައި ދިޔަ ބިދޭސީ މީހާ ހައްޔަރުކޮށްފިޚަބަރު | 3 މަސް ކުރިން ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 4 މަސް ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާންޚަބަރު | 4 މަސް ކުރިންޚިޔާލު ފާޅުކުރުމަށް އިތުުރު ލުޔެއް: ހުއްދަ ނުހޯދައި އެއްވެ އުޅެވޭނެ ތަންތަން އިތުުރުކޮށްފިޚަބަރު | 5 މަސް ކުރިން