logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ބިދޭސީންގެ ޢަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

އައިޝަތު ނަޝާ
2 އޭޕްރީލު 2026 - 06:19
ބިދޭސީންގެ ޢަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަ ބިދޭސީންގެ ޢަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ބިދޭސީން އެތެރެކުރުމަށް 2000 ރުފިޔާގެ ކޯޓާ ފީއެއް ދައްކަން ޖެހެއެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގައި އަވައްޓެރި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީން އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެއެވެ. މިގޮތުން އެތެރެކުރާ ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި 2000 ރުފިޔާ، 12 މަސްދުވަހުގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ތަނަކަށް ދައްކާ ނިންމަންޖެހެއެވެ. މިކަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމަށްޓަކައި ސަރުކާރުން މިހާރުވަނީ "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް" އިސްލާޙެއް ގެނެސްފައެވެ.

މި އިސްލާޙާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރުމަށް އެދި ހުށައަޅާފައިވާ ބިދޭސީންގެ ޢަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް މިއިސްތިސްނާ ދެވޭ ކުންފުންޏާއި ގުޅުންހުރި ވިޔަފާރީގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނިގެން އުފައްދާފައިވާ އެހެން ކުދި އަދި މެދު ފަންތީގެ އެހެން ވިޔަފާރިއަކަށް މި މާއްދާގެ ދަށުން ދެވޭ ކޯޓާ ފީ ދެއްކުމުންދެވޭ އިސްތިސްނާއެއް ނުލިބޭނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

ހަމައެއާއެކު އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުންވެސް 20 އަށްވުރެ ކޯޓާ އިތުރުކުރާ ޙާލަތުގައި 21 ވަނަ ސްލޮޓުން ފެށިގެން އިތުރުވާ ކޯޓާތަކަށް، ކޯޓާ ފީ ދައްކަންޖެހޭނެކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލަށް ގެނެވުނު އިސްލާޙުތަކުގެ ތެރޭގައި، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ވަރކް ޕަރމިޓް ފީ ނުދައްކާ ފަރާތްތަކުން، ފީ ނުދެއްކޭ ސަބަބުން ބަޔާންކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފީގެ މުއްދަތު ހަމަވުމުގެ ކުރިން ހުށައެޅުމުން، ޙާލަތްތަކަށް ރިޢާޔަތްކޮށް، ފީ ދެއްކުމަށް އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު އެ ވުޒާރާއަށް ލިބިދޭގޮތަށްވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންގެ ޢަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފިޚަބަރު | 6 ދުވަސް ކުރިންޖަލުތަކަށް، ދެ އަހަރުތެރޭ 400 ގައިދީންގެ ޖާގަ އިތުރުކޮށްފިޚަބަރު | މަހެއް ކުރިންއިއްޔެ އަތުލައިގަތް 18 ކިލޯ މަސްތުވާތަކެތި ބަލައި ދިޔަ ބިދޭސީ މީހާ ހައްޔަރުކޮށްފިޚަބަރު | 10 މަސް ކުރިން ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 10 މަސް ކުރިން