logo
Bank of Maldives

Bank of Maldives

ދުނިޔެ

ނަސެރް ހޮސްޕިޓަލަށް ދިން ޙަމަލާއަކީ ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ބުނެފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
26 އޯގަސްޓު 2025 - 07:47
ނަސެރް ހޮސްޕިޓަލަށް ދިން ޙަމަލާއަކީ ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ބުނެފި

އިއްޔެ ޣައްޒާގެ ނަސެރް ހޮސްޕިޓަލަށް، ޔަހޫދީ ނިރުބަވެރި ދައުލަތް އިޒްރޭލުން ދިން ހަމަލާގައި 21 މީހުން ޝަހީދުވި ހަމަލާއަކީ އެކްސިޑެންޓެއް ނޫން ކަމަށާއި، ގަސްތުގައި ދިން ހަމަލާއެއް ކަމަށް ބެލްޖިއަމްގައި މަސައްކަތްކުރާ ހިންދު ރަޖަބް ފައުންޑޭޝަނުން ބުނެފިއެވެ.

އިއްޔެ އިޒްރޭލުން ގަސްތުގައި ޢަމާޒުކުރި ޙަމަލާގައި ޝަހީދުވި 21 މީހުންގެ ތެރޭގައި 5 ނޫސްވެރިން ހިމެނެއެވެ. އެ ޙަމަލާއާ ގުޅޭ ގޮތުން އިޒްރޭލުގެ ސިފައިންގެ އިސްވެރިން ބުނި ގޮތުގައި ހަމަލާ ދިނީ ޓޭންކަރުކުންނެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަމަލާ ސިފަކޮށްފައިވަނީ "ހިތާމަވެރި އެކްސިޑެންޓެއް" ގެ ގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ހިންދު ރަޖަބް ފައުންޑޭޝަނުން ބުނާ ގޮތުގައި، ހަމަލާގެ ވީޑިއޯ ހެކިތައް ދައްކާ ގޮތުން މި ހަމަލާގައި ބޭނުންކޮށްފައިވަނީ "ގައިޑެޑް މިސައިލް" އެއް ކަމަށެވެ. މި ބާވަތުގެ މިސައިލްތަކަކީ އިސްރާއީލުން ބޭނުންކުރާ ޕްރެސިޝަން-ގައިޑެޑް ހަތިޔާރު ސިސްޓަމްތަކާ އެއްގޮތް އެއްޗެހި ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.

"މި ބާވަތުގެ މިސައިލްތަކުގައި، އަމާޒަށް ޖެހުމުގެ ކުރިން އޮޕަރޭޓަރަށް ޓާގެޓް ފެންނާނެ ނުވަތަ އަމާޒު ކަނޑައެޅޭނެ. އެހެންކަމުން އިސްރާއީލުގެ ސިފައިންނަށް އެނގޭނެ އެމީހުން ހަމަލާ ދެނީ މެޑިކަލް މުވައްޒަފުންނާއި، ސިވިލް ޑިފެންސް އަދި ނޫސްވެރިންނަށްކަން. މިއީ ގަސްތުގައި ދިން ހަމަލާއެއް، އެކްސިޑެންޓެއް ނޫން،" ހިންދު ރަޖަބް ފައުންޑޭޝަނުން ބުންޏެވެ.

އެ ޖަމްޢިއްޔާއިން އިތުރަށް ބުނެފައިވަނީ މި ހަމަލާއާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކުރަމުންދާ ކަމަށާއި، މި ހަމަލާގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ކުރިއަށް އޮތް ތަނުގައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްބަސްވުން ކޮންމެ ގޮތަކަށް އޮތަސް ހަމާސް ދެމިއޮތްހާ ހިނދަކު ހަނގުރާމަ ހުއްޓައެއް ނުލާނަން: ޔަހޫދީން ޚަބަރު | 13 ދުވަސް ކުރިންސުލްޙައިގެ އެއްބަސްވުމާ ހިލާފަށް މިއަދުވެސް 3 މީހުން ޝަހީދުކޮށްލައިފި ދުނިޔެ | 16 ދުވަސް ކުރިންރަހީނުން ދޫކުރީ މަޖުބޫރުވެގެން، ބުނީ އަދިވެސް ހައްޔަރުކޮށް އަނިޔާކުރާނެކަމަށްޚަބަރު | 18 ދުވަސް ކުރިންހަމާސްއިން ހުރިހާ އަސީރުން މިނިވަންކޮށްފި ޚަބަރު | 19 ދުވަސް ކުރިން