ތަސްލީމް ގެއްލުނުތާ 25 ދުވަސް، އަދިވެސް ދަނީ ހޯދަމުން


25 ސެޕްޓެމްބަރު 2024 - 11:01
މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮށް ތަސްލީމް މުޙައްމަދު ގެއްލުނުތާ 25 ދުވަސްވެފައިވާއިރު އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރައްޓެހިންނާއި އެކީ ދަތުރުގޮސް އުޅެނިކޮށް ތަސްލީމު ގެއްލިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން އަންނަނީ ކުރަމުންނެވެ.
ތަސްލީމް ހޯދުމަށް ޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެދިނުމަށް އެދިފައިވާ ކަމަށް މިމަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޭނާ ގެއްލިފައިވަނީ މޫދަށް ކަން ކަށަވަރު ކުރެވިފައި ނުވާތީ އެމީހާ ހޯދުމުގެ އޮޕަރޭޝަން ލީޑް ކުރަނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ތަސްލީމް ގެއްލުނު ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، ތަސްލީމް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ތަސްލީމް ގެއްލުނު ކަމަށް ބުނާ ފިނޮޅު ވަށައިގެން 1،050،000 ސްކޮޔާ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެެވެ.
އޭނާއާއެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ ގެއްލުނު ދުވަހުގެ ހެނދުނު 10:00 އާއި 11:00 އާ ދެމެދުގައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
އަހަރެއް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
އަހަރެއް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
10 މަސް ކުރިން