logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑިޔާ އާއި ޗައިނާގެ ދެމެދުގައި ތާށިވެފައި ހުންނަން ބޭނުމެއް ނުވޭ: އަނޫރާ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
25 ސެޕްޓެމްބަރު 2024 - 11:23
 ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކަ
ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކަ

އިންޑިޔާ އާއި ޗައިނާގެ ދެމެދުގައި ތާށިވެފައި ހުންނަން ބޭނުންފުޅު ނުވާކަމަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކަ ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ކާމިޔާބު ހޯއްދަވައި، ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ޑިސަނަޔަކަ، މިހެން ވިދާޅުވީ ބޭރުގެ "މޮނޮކޮލް" މަޖައްލާއަށް ދެއްވި އިންޓަވިއުގައި އެވެ. އެ އިންޓަވިއުގައި ޑިސަނަޔަކަ ވިދާޅުވީ، ޖިއޯ ޕޮލިޓިކްސްގައި އަދި ދުނިޔޭގައި ބާރުގަދަ ވުމަށް ގައުމުތަކުން ކުރާ މަސައްކަތުގައި ސްރީލަންކާއިން ބައިވެރިވާން ބޭނުންފުޅުނުވާ ކަމަށާއި އެފަދަ މަސައްކަތްތައް ކުރާ ގައުމުތަކުގެ އެ މަސައްކަތްތަކުގައި ތާއީދު ކުރަން ވެސް ބޭނުންފުޅުނުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިޔާއާއި ޗައިނާގެ ވާހަކަ ދައްކަވަމުން ޑިސަނަޔަކަ ވިދާޅުވީ އެ ދެ ގައުމު ވެސް ދެކެނީ ހަމަހަމަ ރަހްމަތްތެރިންތަކެއް ގޮތުގައި ކަމަށާއި، ބޭނުންފުޅުވަނީ ދެ ގައުމާ މެދު ވެސް އޮންނަ ގުޅުން ބަދަހިކުރަން ކަމަށެވެ.

ގައުމުތަކުން ބާރުގަދަވުމުގެ ރޭހުގައި [ސްރީލަންކާއިން] ބައިވެރިނުވާނެ، އަދި ރޭހުގައި ބައިވެރިވާ އެއްވެސް ގައުމަކަށް ތާއީދު ވެސް ނުކުރާނަން. ދެ ގައުމު [އިންޑިއާ-ޗައިނާ] އަކީ ގާތް ރަހުމަތްތެރިން، އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ދެ ގައުމާ މެދު ވެސް އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށް - ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކަ

މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއާއި މެދުއިރުމައްޗާއި އެފްރިކާއާ ވެސް ރަނގަޅު ގުޅުމެއް ބާއްވާނެ ކަމަށާއި، ނަމަވެސް މިވަގުތުގެ ފޯކަސް ގެންގުޅެނީ އިގްތިސާދީ ގޮތުން ގައުމު ހަމަމަގަށް އެޅުވުމަށް ކަމަށް ޑިސަނަޔަކަ ވިދާޅުވިއެވެ.

ޑިސަނަޔަކަ އަކީ ލަންކާގެ ވާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ، ޖަނާތާ ވިމުކްތީ ޕެރަމޫނާ ޕާޓީ (ޖޭވީޕީ) ގެ ލީޑަރެވެ. އޭނާ ރައީސް ކަމުގެ ހުވާކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ޑިސަނަޔަކަ ރިޔާސީ އިންތހާބު ކާމިޔާބު ކުރެއްވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު ޖުމުލަ 5.74 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސަޖިތު ޕްރެމަދާސާއަށް ލިބިވަޑައިގެންނެވީ 4.5 މިލިއަން ވޯޓެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާއަށް އެތެރެވުމަށް އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފިޚަބަރު | 3 ދުވަސް ކުރިންފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 19 ދުވަސް ކުރިންދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށް ކުރި މަޝްވަރާތަކުން ފައިދާވާނެ ކަމަށް އުއްމީދުކުރަން: ރައީސްޚަބަރު | 19 ދުވަސް ކުރިން ދެމެހެއްޓެނިވި އިންވެސްޓްމެންޓުތައް ރާއްޖޭގައި ކުރުމަށް ރައީސްގެ ދައުވަތު ޚަބަރު | 20 ދުވަސް ކުރިން