logo
Bank of Maldives

Bank of Maldives

ޚަބަރު

ސެޓެލައިޓު މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމު ގާއިމުކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ސެޕްޓެމްބަރު 2024 - 11:58
ސެޓެލައިޓު މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފަށަނީ

ސެޓެލައިޓު މެދުވެރިކޮށް ރާއްޖޭގެ ކަނޑު ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމުގާއިމު ކުރުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ގައްސާނު މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވުމަށް އެމެރިކާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ކަވަރޭޖް ގެނެސްދިނުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމްގައި މިނިސްޓަރު ދެއްކެވި ވާހަކާގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބައިނަލްއަޤްވާމީ ކުށްތައް އިތުރުވަމުންދާތީ، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

މިގޮތުން ޑްރޯންތައް ބޭނުންކޮށްގެން ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފުޅާކުރުމާއި، މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަނާއެކު މަސައްކަތްކުރުމާއި އަދި ސެޓެލައިޓް މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މިމަސައްކަތުގެ ތެރެއިން ޖައްވަށް ފޮނުވާފައިވާ ސެޓެލައިޓު މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމު ދާދި އަވަހަށް ޤާއިމުކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ ޒިންމާ އުފުލައި، ސަރަހައްދުގައި ސުލްހަވެރިކަމާއެކު ދަތުރުކުރެވޭނެ މާހައުލެއް ޤާއިމުކުރުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މާނައަކީ ބަޔަކަށް ހަމަލާދޭން އުޅުމެއްނޫން: ދިފާއީ ވަޒީރުޚަބަރު | 6 މަސް ކުރިންއިންޑިއާ 75 ސިފައިން ގޮސްފި، އެމީހުން އެއްވެސް ހަތިޔާރެއް ނުގެންގުޅޭ: ވަޒީރުޚަބަރު | 6 މަސް ކުރިންއެއްބަސްވުންތަކުގައި ރާއްޖެއަށް ގެއްލުންވާގޮތަށް ހުރި މާއްދާތައް މިދަނީ އިސްލާހު ކުރަމުން: ދިފާއީ ވަޒީރުޚަބަރު | 6 މަސް ކުރިންމޯލްޑިވްސް ނޭޝަނަލް ސަރވިސް ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން ފުރުސަތު ހުޅުވާލައިފިޚަބަރު | 6 މަސް ކުރިން