logo
Bank of Maldives

Bank of Maldives

ޚަބަރު

އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މާނައަކީ ބަޔަކަށް ހަމަލާދޭން އުޅުމެއްނޫން: ދިފާއީ ވަޒީރު

އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މާނައަކީ ބަޔަކަށް ހަމަލާދޭން އުޅުމެއްނޫން: ދިފާއީ ވަޒީރު

ދިވެހި އަސްކަރިއްޔާގެ ގާބިލކަން އިތުރުކުރުމުގެ މާނައަކީ ބަޔަކަށް ހަމަލަދީ، އެފަދަ އޮޕަރޭޝަނެއް ހިންގަން ތައްޔާރުވުންނޫންކަމަށް ފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުގައި އެމްޑީޕީގެ މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމަކީ ދިވެހިން ކުރަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

1600 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ބޮޑު ބަޑިއާއި ، ކަނޑިއާއ،ި ލޮންސި ވެސް ގެންގުޅޭ ކަމަށާއި، ނަމަވެސް އަޅުގަނޑުމެން ދިވެހިން އިސްވެ އެއްވެސް ބަޔަކަށް ހަމަލައެއް ދީފައިނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

''މިއިން އެއްވެސް އެއްޗެއް ހުރުމުގެ މާނައަކީ އަޅުގަނޑުމެން ބަޔަކަށް ހަމަލާއެއްދ،ީ އޮޕަރޭޝަނެއް ހިންގަން އުޅެ އެކޭ ނޫން، ޤައުމު ދިފާޢުކުރުމަކީ އިސްވެ ހަމަލާ ދިނުމެއް ނޫން، ދިފާޢުކުރެވޭނެ ގޮތް ހުރުމަކީ އިންޓަރނޭޝަނަލީ ގަބޫލުކުރާ މިންގަނޑެއް،'' ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އަސްކަރީ ގާބިލްކަން އިތުރުކުރުމަކީ ކޮންމެ މިނިވަން މުސްތަގިއްލު ޤައުމެއްގައި ހުންނަންޖެހޭ ގާބިލިއްޔަތެއްކަމަށެވެ. އަދި މަސައްކަތްކުރަށްވަނީ ދިވެހި ޤައުމާއި ރައްޔިތުންގެ މަސްލަހަތާއި، މިނިވަންކަމާއި އިސްތިގްލާލް ކަށަވަރުކުރަންކަމަށް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | މަހެއް ކުރިން ދިފާޢީ ވަޒީރު ޙަސަންއާއި ގުޅޭގޮތުން އެނގެނީ ކިހާވަރަކަށް؟ރިޕޯޓް | 2 މަސް ކުރިންކެބިނެޓަށް ބޮޑު ބަދަލެއްޚަބަރު | 2 މަސް ކުރިންއޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ޚަބަރު | 6 މަސް ކުރިން