logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޠަނީ ޚިދުމަތުގެ ހަތަރު ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް މިއަދު ފަށައިފި

އައިޝަތު އިނާޝާ
9 އޯގަސްޓު 2026 - 13:59
ވަޠަނީ ޚިދުމަތުގެ ހަތަރު ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް މިއަދު ފަށައިފި

‏ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފާއިވާ ފަރާތްތަކުގެ ތެރެއިން ނެޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް މިއަދު ފަށައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި ‏ކުރީގެ ބެޗުތަކެކޭ އެއްފަދައިން މިފަހަރުވެސް ރާއްޖޭގެ 13 ސަރަޙައްދެއްގައި ބައިވެރިން ހޮވުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަވިއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ.ދިއްދޫ، ށ.ފުނަދޫ، ނ.މަނަދޫ، ރ.އުނގޫފާރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ތ.ވޭމަންޑޫ، ލ.ގަން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީ ހިމެނެއެވެ.

‏ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ސަރުކާރުން ފަށްޓަވާފައިވާ ޤައުމީ މުހިންމު ސިޔާސަތުގެ އެންމެ މުހިންމު އެއް ޙަރަކާތެވެ.

4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މި މަރުޙަލާގައި، އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ބައިވެރިން ފުރިހަމަކުރާނެއެވެ.

19 ޖޫން 2026 ގައި ފެށުނު ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގެ ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ ހަތަރު ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް މިއަދު ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންއޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފިޚަބަރު | 13 ދުވަސް ކުރިންތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | 3 މަސް ކުރިން ދިފާޢީ ވަޒީރު ޙަސަންއާއި ގުޅޭގޮތުން އެނގެނީ ކިހާވަރަކަށް؟ރިޕޯޓް | 4 މަސް ކުރިން