logoEN
ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ 75 ސިފައިން ގޮސްފި، އެމީހުން އެއްވެސް ހަތިޔާރެއް ނުގެންގުޅޭ: ވަޒީރު

މުހައްމަދު މޫސާމުހައްމަދު މޫސާ

06 މޭ 2025 - 09:12

ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ 75 ސިފައިން މިހާރު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައިވާކަމަށާއި، އަދި އެ ސިފައިން ރާއްޖޭގައި ތިބި މުއްދަތުގައި އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ،

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން، ވަޒީރު ޣައްސާން ވިދާޅުވީ އިންޑިއާ ސިފައިން ހަރަކާތްތެރިވެފައިވަނީ ރާއްޖޭގެ ހަތަ ހަތަރު ސަރަހައްދެއްގައި ކަމަށެވެ. އެގޮތުން:

- ހދ. ހަނިމާދޫގައި 25 ސިފައިން ތިބި އަދި އެންމެ ފަހު ބެޗް 2023 އޭޕްރީލް 9 ގައި ފުރި

- ލ. ކައްދޫގައި 25 ސިފައިން ތިބި އަދި އެންމެ ފަހު ބެޗް 2023 މޭ 9 ގައި ފުރި

- އައްޑޫ ގަމުގައި 25 ސިފައިން ތިބި އަދި އެންމެ ފަހު ބެޗް 2023 މާރޗް 9 ގައި ފުރި

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިވަގުތު ރާއްޖޭގައި އެއްވެސް ބޭރު ގައުމެއްގެ ސިފައިން ގާއިމްވެ ނުތިބޭނެއެވެ. އެހެން ގައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމްވެ ތިބުމަކީ ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށް ފާހަގަކުރައްވައި، އެކަން މިހާރު ވަނީ ބަދަލުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.ޕ

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް އޮޕަރޭޓްކުރުމަށް މިހާރު ތިބެނީ އިންޑިއާގެ އަސްކަރިއްޔާގެ ބަދަލުގައި އެ ގައުމުގެ މަދަނީ މުވައްޒަފުންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ގެނެވުނު ބަދަލުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމުން ދޭހަވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކަމާއި، ދިވެހިރާއްޖޭގެ ސިޔާދަތަށް އިހްތިރާމްކުރާކަމެވެ.

ކޮމެންޓް

871x217_placeholder