logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމުދިނުން: 2024 ވަނަ އަހަރު ނެޝަނަލް ޓޮޕްޓެންގައި 18 ދަރިވަރުން

އައިމިނަތު މޫސާ
28 އޯގަސްޓު 2025 - 16:42
އަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމުދިނުން: 2024 ވަނަ އަހަރު ނެޝަނަލް ޓޮޕްޓެންގައި 18 ދަރިވަރުން

އަމީނިއްޔާ ސްކޫލުން 2024 ވަނަ އަހަރު ނޭޝަނަލް ޓޮޕްޓެންގައި 18 ދަރިވަރުން ހިމެނިއްޖެއެވެ.

އަމީނިއްޔާ ސްކޫލުގެ 2024 - 2023 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ އަހަރު ނޭޝަނަލް ޓޮޕްޓެންގައި 18 ދަރިވަރުން ހިމެނިފައިވާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އެ ސްކޫލުން 2024 ވަނަ އަހަރު އެސްއެސްސީ އަދި ޖީއެސްސީ އިމްތިހާނުގައި ބައިވެރި ވެފައިވަނީ 178 ދަރިވަރުންނެވެ. މީގެ ތެރެއިން 5 މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 62.9 އިންސަތައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ސްކޫލުން ބުނެފައިވަނީ ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ކިޔަވައިދިނުން ހަރުދަނާކުރުމަށް ހަފްތާގެ ކަނޑައެޅިފައިވާ ދުވަސްތަކުގައި ގަވާއިދުން ފިލާވަޅުތައް ކޯޑިނޭޓްކުރެވި ފިލާވަޅުތައް ރާވައި ފިލާވަޅާ ގުޅޭ އިތުރު ހަރަކާތައް ކުރިއަށްގެންދާކަމަށެވ. އަދި އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ވަކިވަކި ކުލާސްތައް ނަގައި ދިނުމާއި، ވަކިން ހާއްސަކޮށް ގްރޭޑް 10ގެ ދަރިވަރުންނަށް އަމާޒުކޮށް ފުރަތަމަ ޓާމުގެ ތެރެއިން އިތުރު ގަޑިތައް ގެންދާކަން ވެސް އެ ސްކޫލުން ފާހަގަ ކުރެއެވެ. އަދި ސްކޫލު ނިންމާ ދަރިވަރުންގެ 60 އިންސައްތަ ދަރުވަރުންނަކީ 5 މާއްދާއިން ފާސްވާ ދަރިވަރުންނަށް ހެދުމަށް ހާއްސަ ކްލާސްތަކާއި ސްޓަޑީ ކޭޕްތައް ރާވާ އިންތިޒާމްކޮށް ކުރިޔަށް ގެންދާކަން އެ ސްކޫލުން ފާހަގަ ކުރެއެވެ.

އަމީނިއްޔާ ސްކޫލުން ބުނީ ދަރިވަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު، ހިތްފަސޭހަ ވެށްޓެއް ގާއިމުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން 2023- 2024 ގައި ދިރާސީ އަހަރު ދަރިވަރުންނަށް މަސައްކަތްތެރިކަމާއި، ހުނަރު ދަސްކޮށްދިނުމަށް 3 ލެބު ސްކޫލުގައި ގާއިމުކޮށް އެ 3 ލެބު ދަރިވަރުންގެ ހުނަރު ތަރައްގީކޮށް މަސައްކަތްތައް ދަސްކޮށްދިނުމަށް ބޭނުން ކޮށްފައިވާ ކަމަށެވެ.

އަމީނިއްޔާ ސްކޫލުން އަންނަނީ ތައުލީމީ ރޮނގުން ގިނަ ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފިވިޔަފާރި | 4 ގަޑިއިރު ކުރިންއަމީނިއްޔާ ސްކޫލްގެ އާޓް އެގްޒިބިޝަން ކުރިއަށްދަނީޚަބަރު | 7 މަސް ކުރިންއަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމުދިނުން: 2024 ވަނަ އަހަރު ނެޝަނަލް ޓޮޕްޓެންގައި 18 ދަރިވަރުން ޚަބަރު | 7 މަސް ކުރިން