logo
Bank of Maldives

Bank of Maldives

ޚަބަރު

އަމީނިއްޔާ ސްކޫލްގެ "ވޭސްޓް ޓު ވަންޑަރ 2026" އެކްސިބިޝަން ހުޅުވައިފި

އައިޝަތު ނަޝާ
7 ޖޫން 2026 - 14:25
އަމީނިއްޔާ ސްކޫލްގެ "ވޭސްޓް ޓު ވަންޑަރ 2026" އެކްސިބިޝަން ހުޅުވައިފި

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި،އަމީނިއްޔާ ސްކޫލްގެ އަމީނީ ފެހިވެށި ޕްރޮގްރާމްގެ "ވޭސްޓް ޓު ވަންޑަރ 2026" އެކްސިބިޝަން ހުޅުވައިފިއެވެ.

ޖޫން 4 ވީ ބުރާސްފަތި ދުވަހު އަމީނިއްޔާ ސްކޫލްގައި މި އެކްސިބިޝަން ހުޅުވާ ދެއްވާފައިވަނީ ނޭޝަންލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން ގެ ސީނިއަރ ސަރކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް މެޑަމް އައިމިނަތު މުހައްމަދު އަދި މެޑަމް ގުކްފިޝަން ޝަފީއުއެވެ. މި އެކްސިބިޝަންގައި އަމީނިއްޔާ ސްކޫލްގެ ހުރިހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި އެކްސިބިޝަނުގެ މައިގަނޑު މަޤްޞަދަކީ އުކާލެވޭ ކުންޏަކީ އެކިގޮތްގޮތަށް ބޭނުންކުރެވޭނެ އެއްޗެއްކަން ދަރިވަރުންނަށް އަންގައިދީ،އަދި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ދަރިވަރުންނަށް ދަސްކޮށްދިނުމެވެ. އަދި ސްލާސްތަކުގައި ޓީމްވޯކް ގެ ރޫހް އިތުރުކުރުމާއި،އަދި ކުނި މެނޭޖްކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.

 ވޭސްޓް ޓު ވަންޑަރ އެކްސިބިޝަން ގައި ދަރިވަރުން ގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވަނީ، ގްރޫޕްތަކަށް ބަހާލައިގެން 3 ކެޓަގަރީއަކަށްށެވެ.

އެ ކެޓަގަރީ ތަކަކީ:

ފެޝަން- އުކާލާ ތަކެތިން ހެދުން ނުވަތަ ގަހަނާ ތައްޔާރުކުރުން

އަރޓް އެންޑް ކްރާފްޓް- އުކާލާ ތަކެތި ބޭނުންކޮށްގެން ގޭތެރެ ޒީނަތްތެރި ކުރާތަކެތި ތައްޔާރުކުރުން

ފަންކްޓަނަލް- ބޭނުންހިފޭފަދަ ތަކެތި މިސާލަކަށް މެޝިނެއް ނުވަތަ ލޭމްޕެއް

މި ކެޓެގަރީ ތަކަށް ދަރިވަރުން ވަނީ ވަރަށް ހުނަރުވެރި އަދި ވަރަށް ކްރިއޭޓިވް މަސައްކަތްތަކެއް ދައްކާލާފައެވެ.ދަރިވަރުންގެ މި މަސައްކަތުން އެކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ފެނިގެން ދިޔައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީނިއްޔާ ސްކޫލްގެ "ވޭސްޓް ޓު ވަންޑަރ 2026" އެކްސިބިޝަން ހުޅުވައިފިޚަބަރު | 2 ގަޑިއިރު ކުރިންބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފިވިޔަފާރި | 2 މަސް ކުރިންއަމީނިއްޔާ ސްކޫލްގެ އާޓް އެގްޒިބިޝަން ކުރިއަށްދަނީޚަބަރު | 9 މަސް ކުރިންއަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމުދިނުން: 2024 ވަނަ އަހަރު ނެޝަނަލް ޓޮޕްޓެންގައި 18 ދަރިވަރުން ޚަބަރު | 9 މަސް ކުރިން