އަމީނިއްޔާ ސްކޫލްގެ އާޓް އެގްޒިބިޝަން ކުރިއަށްދަނީ
10 ސެޕްޓެމްބަރު 2025 - 13:16

އަމީނިއްޔާ ސްކޫލްގެ އާރޓް އެގްޒިބިޝަން ފަށައިގެން ކުރިއަށް އެބަދެއެވެ.
މި އެގްޒިބިޝަނާ ގުޅޭގޮތުން މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން އަމީނިއްޔާ ސްކޫލްގެ ލީޑިން ޓީޗަރު އަދި އާޓް އެގްޒިބިޝަންގެ އިންޗާޖް މަރިޔަމް ޝަތުރަތު ޝާކިރް ވިދާޅުވީ، މި އެގްޒިބިޝަނަކީ ސްކޫލުގެ ކަލަންޑަރުގައި ހިމަނައިގެން ތައްޔާރުވެގެން ބާއްވާ އެގްޒިބިޝަނެއް ކަމަށެވެ.

Ad by Hajj Corporation
ޝަތުރަތު ވިދާޅުވީ، މި އެގްޒިބިޝަންގެ މަގުސަދަކީ ގައުމީ މަންހަޖުގެ ފަންނިއްޔާތަށް އިސްކަމެއްދިނުން ކަމަށެވެ. އެގޮތުން ކްރިއޭޓިވް އާޓްސް މާއްދާއަށް އަހަންމިއްޔަތުކަން ދީގެން ކުރިޔަށްގެންދާ އެގްޒިބިޝަނެއް ކަމަށް ވެސް ޝަތުރަތު ވަނީ ފާހަގަ ކުރައްވާފައެވެ.
ކްރިއޭޓިވް އާޓްސް މާއްދާގެ ތެރެއިން ބައެއް ހުނަރުތަކަށް މި އެގްޒިބިޝަންގައި އިސްކަމެއްދީފައިވާނޭ ކަމަށް ޝަތުރަތު ވިދާޅުވިއެވެ. އެގޮތުން މި އެގްޒިބިޝަންގައި ވިޝުއަލް އާޓްސްގެ ތެރެއިން ތަފާތު ވައްތަރުގެ ކުރެހުންތަށް ކުދިންނަށް ދަސްކޮށްދިނުން ހިމެނޭ ކަމަށް ޝަތުރަތު ވިދާޅުވިއެވެ.
ޝަތުރަތު ވިދާޅުވީ، މި އެގްޒިބިޝަން ތައްޔާރު ކޮށްފައިވަނީ، ތަފާތު ތީމްތަކަށް ބަހާލައިގެން އެކި ގްރޭޑްތަކަށް ދިފައިވާ އެކި ތީމްތަކުން ކަމަށެވެ.
މި އެގްޒިބިޝަންގައި ކުދިންގެ ވަނަތައް ހޮވާފައިވާނީ އާޓިސްޓުން ގެނެސްގެން ޝޯޓް ލިސްޓް ކުރެވިގެން ކޮންމެ ގްރޭޑަކުން 10 އާޓް ޕީސް ހޮވައިގެން ކަމަށް ޝަތުރަތު ވިދާޅުވިއެވެ. އަދި އެ ކުދިންނަށް މިއަދު ސެޓްފިކެޓް ދީފައިވާކަމަށް ވެސް ޝަތުރަތު ވިދާޅުވިއެވެ.
މި އެގްޒިބިޝަންގައި މިހާތަނަށް 860 އާޓްޕީސް ވަނީ ޑިސްޕްލޭ ކޮށްފައެވެ. އެގޮތުން ސްކޫލް ގޯތިތެރޭގައި ކޮންމެ ގްރޭޑަކަށް ވެސް ވަކި މޭޒެއް ވަނީ އެކަމަށްޓަކައި ތައްޔާރު ކޮށްފައެވެ.
ޝަތުރަތު ވިދާޅުވީ، އެއިން ކޮންމެ ކުރެހުމެއް ވެސް 20ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގެ އަގުތަކަށް ވިއްކަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުދިންގެ ބެލެނިވެރިން ބޭނުންވާ ނަމަ އެ އަގަށް ވުރެ ބޮޑުއަގު ދީފައިވެސް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ޝަތުރަތު ވިދާޅުވިއެވެ.
މިހާރު އަމީނިއްޔާ ސްކޫލުގައި ކުރިޔަށް ދަނީ އެ ސްކޫލުގެ މެންދުރުފަހުގެ ސެޝަންގެ ދަރިވަރުންގެ އެގްޒިބިޝަނެވެ. ވޭތުވެދިޔަ ދެ ދުވަހު އެ ސްކޫލުން ވަނީ ގްރޭޑް 6 އަދި ގްރޭޑް 10 ގެ ދަރިވަރުންގެ އެގްޒިބިޝަން ކާމިޔާބު ކަމާއިއެކު ނިންމާލާފައެވެ.
މި އެގްޒިބިޝަނަކީ އަމީނިއްޔާ ސްކޫލްގެ ހުރިހާ ދަރިވަރުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕޮރޮގްރާމެކެވެ.

.jpg&w=3840&q=75)
