ވެލެންސިއާ ކޯޗަކަށް ފެސްކޯ ހަމަޖައްސައިފި
29 އޯގަސްޓު 2025 - 05:53

ކުރިއަށް އޮތް ސީޒަނުގައި ކްލަބް ވެލެންސިއާގެ ކޯޗަކަމަށް އަހުމަދު މުޖުތަބާ (ފެސްކޯ) ހަމަޖައްސައިފިއެވެ.
އަންނަ މަހު ފަށާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ވެލެންސިއާ އިން އަންނަނީ އެ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ނަގައިގެން އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ، އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުން ޕްރީ ސީޒަން ކުރިއަށްގެންދަމުންނެވެ. އަދި، ކުޑަހީނާއާ އެކު، ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ މީގެ ކުރިން ވެސް އެކުގައި ފެނުނު ފެސްކޯ އެވެ.

Ad by Hajj Corporation
ވެލެންސިއާ އިން އެންމެ ފަހުން 2023 ވަނަ އަހަރު ކުޅެފައިވަނީ ވެސް ފެސްކޯގެ ކޯޗުކަމުގަ އެވެ.
ފެސްކޯއަކީ "އޭ" ލައިސެންސް ހާސިލުކޮށްފައިވާ ކޯޗެކެވެ.
އޭނާ ވަނީ ކްލަބް ވެލެންސިއާ އަށް 2001 ވަނަ އަހަރުގެ ޕޮމިސް ކަޕް ކާމިޔާބުކޮށްދީފައެވެ. ފެސްކޯ ވަނީ 2003/2002 ގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. އަދި އޭނާ ވަނީ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި ވާދަކުރި ވެލެންސިއާ ޓީމަށް ވެސް ކުޅެފަ އެވެ.
ފެސްކޯ ފުޓްބޯޅަ ކެރިއަރު ފެށީވެސް ކްލަބް ވެލެންސިއާއިންނެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ފުރަތަމަ ޑިވިޝަން ފުޓުބޯޅައިން ޖާގަ ދިނީވެސް ވެލެންސިއާގައއި ފެސްކޯގެ ކޯޗުކަމުގެ ދަށުންނެވެ.