logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވެލެންސިއާ އިން ވިކްޓަރީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އަބްދުﷲ ޣާނިމް
5 ޖެނުއަރީ 2026 - 03:45
ވެލެންސިއާ އިން ވިކްޓަރީ މޮޅުވިޔަނުދީ ހިފަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ވެލެންސިއާ އިން ވިކްޓަރީ ސްޕޯޓްސް ކުލަބު މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ލީގު ތާވަލަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ކުޅުނު 13 މެޗުން ލިބުނު 8 ޕޮއިންޓާއެކު ވެލެންސިއާ މިހާރު ވަނީ 9 ވަނަ މަގާމަށް އަރާފައެވެ. އަނެއްކޮޅުން ވިކްޓަރީ ސްޕޯޓްސް ކުލަބު އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ 5 ވަނަ މަގާމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 58 ވަނަ މިނިޓުގައި ވެލެންސިއާގެ އުރުގުއާއީ މިޑްފީލްޑަރު މާޓިނޭޒް ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، ފްރާންސްގެ ފޯވާޑް ސްޓެފަން ބްލެންކް ވަނީ އެ ބޯޅަ ގޯލަށް ވައްދާލައި ވެލެންސިއާއަށް ލީޑު ނަގައިދީފައެވެ.

މެޗުގެ 60 ވަނަ މިނިޓުގައި ދަނޑުގެ ލައިޓްތަކަށް ދިމާވި ކަރަންޓު މައްސަލައަކާ ގުޅިގެން ކުޅުން 24 މިނިޓަށް މެދުކަނޑާލަން ޖެހުނެވެ. މި މައްސަލައާ ގުޅިގެން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން އިތުރު ވަގުތުގެ ގޮތުގައި 31 މިނިޓް ކުޅެން ޖެހުނެވެ. ވިކްޓަރީން މެޗުގެ ނަތީޖާ އެއްވަރުކުރީ މި އިތުރު ވަގުތުގެ ތެރޭގައެވެ.

ވިކްޓަރީއަށް ނަތީޖާ އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސަފްރާޒް އިބްރާހިމް އެވެ. މިއީ އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ޖޯހިރް އަޒަމޯވް ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ފަހުކޮޅު ވިކްޓަރީއަށް މެޗުން މޮޅުވާނެ އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިއީ މި ދެ ޓީމު ލީގުގައި އެއްވަރުވި ދެވަނަ މެޗެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ ވެލެންސިއާ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެލެންސިއާ އިން ވިކްޓަރީ މޮޅުވިޔަނުދީ ހިފަހައްޓައިފިކުޅިވަރު | ދުވަހެއް ކުރިންރަސްވާދައިގެ ދެވަނަ މެޗު ފަހަތުން އަރައި ވިކްޓްރީއިން ކާމިޔާބުކޮށްފިކުޅިވަރު | 17 ދުވަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާއިން 100% ގެ ރެކޯޑް ދަމަހަށްޓައިފިކުޅިވަރު | މަހެއް ކުރިންރަސްވާދަ: ދެ ކޯޗުންގެ ވިސްނުންވެސް ހުރީ ލެގަސީ ދަމަހައްޓަން، ވަރަށް ވާދަވެރިވާނެކުޅިވަރު | 3 މަސް ކުރިން