logo
މެދު އިރުމަތީގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ހާއްސަ ކޮމިޓީއެއްBank of Maldives

Bank of Maldives

ކުޅިވަރު

ވިކްޓްރީގެ ކޯޗުކަމާ މޯހަން ހަވާލުވެއްޖެ

އަބްދުﷲ ޣާނިމް
1 މާރިޗު 2026 - 04:00
ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ދާދި ފަހުން މަސައްކަތްކުރި، ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން)، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ. ވިކްޓަރީގެ އެންމެ ވާދަވެރި ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ކުރިން ހުރި މޯހަން، ވިކްޓަރީއާ ހަވާލުވެފައި މި ވަނީ އަންނަ ސީޒަނުގެ ނިޔަލަށެވެ.

ވިކްޓަރީގެ ކޯޗުކަމުގެ މަގާމު ހުސްވީ، ދިވެހި ޕްރިމިއާ ލީގާއި ޕްރެޒިޑެންޓްސް ކަޕްގައި އެ ކްލަބަށް ކޯޗުކޮށްދިން، ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ އެ ކްލަބުން ވަކިވުމާ ގުޅިގެންނެވެ. ޖޯޖްލީގެ ކޯޗުކަމުގައި ވިކްޓަރީން ވަނީ ދިވެހި ޕްރިމިއާ ލީގުގެ ހަ ވަނަ މަގާމު ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯހަން އަކީ ދިވެހި ފުޓްބޯޅައިގައި ކާމިޔާބު ތާރީޚެއް އޮތް ކޯޗެކެވެ. އެގޮތުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން އޭނާ ކުރިއެވެ. އަދި މިދިޔަ އަހަރު ސްރީ ލަންކާ ބަލިކޮށް، ރާއްޖޭން ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި އުފުލާލި ޓީމުގެ ހެޑް ކޯޗަކީވެސް މޯހަން އެވެ.

ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކޯޗު މޯހަން ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓްގެ އިތުރުން، ކްލަބް ވެލެންސިއާ، ކްލަބް އީގަލްސް، މާޒިޔާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދ. ކުޑަހުވަދޫ ފުޓްބޯޅަ ޓީމާއި މަހިބަދޫ ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކޮށްދީފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިކްޓްރީގެ ކޯޗުކަމާ މޯހަން ހަވާލުވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންވެލެންސިއާ އިން ވިކްޓަރީ މޮޅުވިޔަނުދީ ހިފަހައްޓައިފިކުޅިވަރު | 2 މަސް ކުރިންރަސްވާދައިގެ ދެވަނަ މެޗު ފަހަތުން އަރައި ވިކްޓްރީއިން ކާމިޔާބުކޮށްފިކުޅިވަރު | 2 މަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާއިން 100% ގެ ރެކޯޑް ދަމަހަށްޓައިފިކުޅިވަރު | 3 މަސް ކުރިން