logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރަސްވާދައިގެ ދެވަނަ މެޗު ފަހަތުން އަރައި ވިކްޓްރީއިން ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
20 ޑިސެމްބަރު 2025 - 05:26
ރަސްވާދައިގެ ދެވަނަ މެޗު ފަހަތުން އަރައި ވިކްޓްރީއިން ކާމިޔާބުކޮށްފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ފަހަތުން އަރައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކުލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ. ރަސްމީ ބޯޅަދަނޑުގައި ކުޅުނު މި މެޗު ވިކްޓްރީން ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ. މި މޮޅާއެކު ވިކްޓްރީ ވަނީ ލީގު ތާވަލުގެ ފަސް ވަނައަށް ޖެހިލާފައެވެ.

މެޗު ފެށިގެން ނިއުއިން ވަނީ ކުރީކޮޅުގައި ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މެޗުގެ 4 ވަނަ މިނިޓުގައި އަލީ ފާސީރު ދިން ބޯޅައަކުން، ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރ ގޯމޭސް ޑެ ސިލްވާރ ވަނީ ވިކްޓްރީގެ ކީޕަރުގެ ބޯމަތިން ބޯޅަ ގޯލަށް ވައްދާލައިގެން ނިއުއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ވިކްޓްރީން ވަނީ މި ލަނޑަށްފަހު ހަމަލާތައް ވަރުގަދަ ކޮށްފައެވެ. ވިކްޓްރީގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 29 ވަނަ މިނިޓުގައި، އީގަލްސް އިން ލޯނު އެއްބަސްވުމެއްގެ ދަށުން ވިކްޓްރީއާ ގުޅުނު އަހުމަދު ރިޒްވާން ދިން ބޯޅައަކުން ސްލޮވާކިޔާގެ ފޯވާޑް މިލޯސް ލަޗްނީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފުގެ ފަހުކޮޅު ނިއުއަށް ލީޑު ނެގުމުގެ ފުރުސަތު ލިބުނު ނަމަވެސް، ޑެ ސިލްވާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ވިކްޓްރީގެ ކީޕަރު، ނޭޕާލުގެ ގައުމީ ކީޕަރު ކިރަން ލަމްބޫ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ދެވަނަ ހާފު ފެށިގެން ވިކްޓްރީން ވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ. ވިކްޓްރީން ލީޑު ނެގީ މެޗުގެ 57 ވަނަ މިނިޓުގައި އަލީ ޝާމިސް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ލަޗްނީ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މިއީ މިދިޔަ މެޗުގައި ޓީމާ ގުޅުނު ލަޗްނީ އެޓީމަށް ޖަހައިދިން 3 ވަނަ ލަނޑެވެ.

ވިކްޓްރީގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ ފަހުކޮޅު 87 ވަނަ މިނިޓުގައެވެ. ކޯނަރަކުން ލަޗްނީ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކޮށް ފޮނުވާލި ނަމަވެސް، އޭރިއާ ތެރޭގައި ހުރި ޖޯހިރް އަޒަމޯވް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި ވިކްޓްރީގެ މޮޅު ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު ވިކްޓްރީ ވަނީ 11 މެޗުން 16 ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. ފުރަތަމަ ބުރުގައި މި ދެޓީމު ބައްދަލުކުރިއިރު ނިއު މޮޅުވެފައިވަނީ 4-0 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މެޗުން ބަލިވުމާއެކު ނިއު ރޭޑިއަންޓަށް މި ލީގުގައި މިވަނީ ތިންވަނަ ފަހަރަށް ބަލިވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ދެގޯލާއެކު ނިއުއަށް މުހިންމު މޮޅެއްކުޅިވަރު | 25 ދުވަސް ކުރިންނިއު އާއި އޮޑި އެއްވަރުވެ، މާޒިޔާއަށް ލީގުގެ ކޮންޓްރޯލް އެއްކޮށް ލިބިއްޖެކުޅިވަރު | މަހެއް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | މަހެއް ކުރިންފުޓްބޯޅަ ދިރުވައި ފުޓްބޯޅައި އައު ޖީލެއް ބިނާކުރުމަށް ނިއު އަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!ކުޅިވަރު | މަހެއް ކުރިން