ސްޕެޝަލް ވަން މޮރީނިއޯ ފެނަބާޗޭ ކޯޗުކަމުން ވަކިކޮށްފި
29 އޯގަސްޓު 2025 - 09:14

ޕޯޗުގީޒް ކޯޗު ހޯސޭ މޮރީނިއޯ އާއި ތުރުކިޔޭގެ ކްލަބް ފެނަބާޗޭ އާ ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ. މި ކަން މިއަދު ވަނީ ކްލަބުން ރަސްމީކޮށް އިއުލާން ކޮށްފައެވެ.
62 އަހަރުގެ މޮރީނިއޯ ފެނަބާޗޭ ހެޑް ކޯޗުގެ މަގާމާ ހަވާލުވީ 2024 ވަނަ އަހަރުގެ ޖުލައި މަހުގައި، އިޓަލީގެ އޭއެސް ރޯމާ އިން ކޯޗުކަމުން ވަކުވުމަށްފަހުގައެވެ. ފެނަބާޗޭއިން ބުނީ މޮރީނިއޯގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ދެފަރާތުގެ އެއްބަސްވުމާ އެކުގައި ކަމަށެވެ.

Ad by Hajj Corporation
ޗެލްސީ، ރެއަލް މެޑްރިޑް އަދި މެންޗެސްޓަރ ޔުނައިޓެޑް ފަދަ ބޮޑެތި ކްލަބްތައް ކޯޗުކޮށްފައިވާ މޮރީނިއޯ ފެނަބާޗޭއާ ގުޅުނު އިރު، އޭނާއަށް ހޫނު މަރުހަބާއެއް ކިޔައި، އެތައް ހާސް ސަޕޯޓަރުން އިސްތަންބޫލްގެ މަގުމައްޗަށް ނުކުމެފައިވެއެވެ. 2014 ވަނަ އަހަރުން ފެށިގެން ޓަރކިޝް ސުޕަރ ލީގް ލިބިފައިނުވާ ފެނަބާޗޭ ސަޕޯޓަރުން އުއްމީދުކުރީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ގަލަޓަސަރާއިން ލީގު ޑޮމިނޭޓް ކުރިކުރުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ. ނަމަވެސް މިދިޔަ ސީޒަނުގައިވެސް ގަލަޓަސަރާއީ ވަނީ 9 ޕޮއިންޓުގެ ފަރަގަކާއެކު ލީގު ނަގާފައެވެ. ފެނަބާޗޭ އަށް ލިބުނީ ދެވަނަ އެވެ.
މީގެ އިތުރުން ކުލަބާއި މެދު މައްސަލަ ޖެހޭން ފެށީ މޮރީނިއޯ ބޭނުންވާ ކުޅުންތެރިން ކުލަބަށް ގެނައުމަށް ފެބަނާޗޭގެ މެނޭޖްމަންޓް ނުކުޅެދުމުނެންެވެ. ފާއިތުވެދިޔަ ދެތިން އަހަރުގައި އެންމެ ވާދަވެރި ގަލަޓަސަރާއީ އަކީ މުޅި ޔޫރަޕުގެވެސް އެންމެ ވަރުގަދަ ޓްރާންސްފާ ތައް ކުރި އެއް ކުލަބަށްވީއިރު، އެޓީމާ ވާދަކުރަން އެކަށީގެންވާ ކުޅުންތެރިން ނުދޭކަމުގެ ޝަކުވާތަކާހެދި މެނޭޖްމަންޓްއާއި ވަނީ މައްސަލަޖެހޭން ފަށާފައެވެ.
އެގޮތުން މޮރީނިއޯ ކުއްލިގޮތަކަށް ކޯޗުކަމުން ވަކިކުރަންޖެހުނީ ޗެންޕިއަންސްލީގު ކޮލިފިކޭޝަން ގައި ބެންފީކާ އާއި ވާދަކޮށް ބަލިވެ، އަންނަން އޮތް ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގަގެއްލުމާއި ގުޅިގެންނެވެ.