logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސްޕެޝަލް ވަން އެނބުރި ބެންފީކާއަށް

އަބްދުﷲ ޣާނިމް
17 ސެޕްޓެމްބަރު 2025 - 14:47
ސްޕެޝަލް ވަން އެނބުރި ބެންފީކާއަށް

ޕޯޗުގީޒް ކޯޗު ޖޯސޭ މޮރީނިއޯ ބެންފިކާގެ އައު ހެޑް ކޯޗަކަށް އައްޔަނު ކުރުމުގެ އެންމެހައި ކަންކަން ނިމިފައިވާކަމަށް ކަމަށް ޕޯޗުގަލްގެ ނޫސް "އޭ ބޯލާ" އިން ހާމަކޮށްފިއެވެ.

62 އަހަރުގެ މި ކޯޗު ޕޯޗުގަލްގެ މި ކުލަބާއެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި އެއްބަސްވުން ކުރިއަށް އޮތް ގަޑިތަކުގެ ތެރޭގައި ނިމޭނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވަގުތު ހަމައެކަނި ނުނިމި އޮތީ މޮރީނިއޯ އާއި އޭނާގެ ކޯޗިންގ ސްޓާފުގެ މުސާރައާ ގުޅޭ މާލީ ކަންކަން ކަމަށް ވެއެވެ.

ބްރޫނޯ ލާޖޭގެ ބަދަލުގައި ބެންފިކާގެ ކޯޗަކަށް އަންނަ މޮރީނިއޯ މި ހަފްތާގެ ފަހުކޮޅު ޓީމާއެކު މަސައްކަތް ފަށާނެ ކަމަށް ބެލެވެއެވެ.

މޮރީނިއޯ އަކީ ޗެލްސީ، ރިއަލް މެޑްރިޑް، މެންޗެސްޓަރ ޔުނައިޓެޑް އަދި އިންޓަރ މިލާން ފަދަ ބޮޑެތި ކުލަބުތައް ކޯޗުކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭނާގެ ކެރިއަރގައި ޗެމްޕިއަންސް ލީގު 2 ފަހަރު ކާމިޔާބުކޮށްފައިވާއިރު، އެކި ގައުމުތަކުގެ ލީގު ތަށި 8 ފަހަރު ހޯދާފައިވެއެވެ.

މޮރީނިއޯ އެންމެ ފަހުން ކޯޗުކަންކޮށްދީފައިވަނީ ތުރުކިޔޭގެ ފެނަބަހްޗޭ އަށެވެ. އެނާ ކޯޗުަކަމުން ވަކިކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބެންފީކާ ޗެންޕިއަންސް ލީގު ކޮލިފިކޭޝަނުން ބަލިވުމާއި ގުޅިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕެޝަލް ވަން އެނބުރި ބެންފީކާއަށްކުޅިވަރު | 4 ގަޑިއިރު ކުރިންސްޕެޝަލް ވަން މޮރީނިއޯ ފެނަބާޗޭ ކޯޗުކަމުން ވަކިކޮށްފިކުޅިވަރު | 19 ދުވަސް ކުރިން