logo
Bank of Maldives

Bank of Maldives

ޚަބަރު

ދީނީ އަޚްލާޤުގެ މަތީގައި ޢާއިލާ ބިނާކުރުމަށް މައިންބަފައިން ނަމޫނާ ދައްކަންޖެހޭ: ހުތުބާ

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޯގަސްޓު 2025 - 09:41
 ''ދީނީ އަޚްލާޤުގެ މަތީގައި ޢާއިލާ ބިނާކުރުމަށް މައިންބަފައިން ނަމޫނާ ދައްކަންޖެހޭ''

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިން ހުކުރު ޚުޠުބާގައި، ހަރުދަނާ ޢާއިލާއެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅައިފިއެވެ.

"ރަނގަޅު ޢާއިލާއެއް ބިނާކުރުން" މި މައުޟޫއަށް ޚާއްސަކުރެވުނު މި ޚުޠުބާގައި ފާހަގަކުރެވިފައި ވަނީ، ގޭތެރޭގެ މާޙައުލުން ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ނައްތާލައި، އިސްލާމީ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި ޢާއިލާ ބައްޓަންކުރުމަކީ މިކަން ހާސިލުކުރުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚުޠުބާގައި ބުނެފައިވާ ގޮތުގައި، ޢާއިލާއަކީ ދުނިޔަވީ ޙަޔާތުގެ ބިންގަލާއި، މުޖުތަމަޢުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ނިޢުމަތެކެވެ. ޢާއިލާ ބަލިކަށިވެއްޖެނަމަ މުޅި ދިރިއުޅުމުގެ ނިޒާމު ހަލާކުވެ، އިންސާނިއްޔަތުކަން ނެތިގެންދާނެ ކަމުގެ އިންޒާރު ޚުޠުބާގައި ދީފައިވެއެވެ. ޢާއިލާއަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޝަރުޢީ އަދި އިޖުތިމާޢީ ހިޔާވަހިކަމެއް ކަމަށާއި، ހަރުދަނާ ޢާއިލާއެއް ބިނާކުރުމަކީ اللّٰه ތަޢާލާ ދެއްވި މި ބޮޑު ނިޢުމަތަށް ޝުކުރުކުރުމުގެ ފުރަތަމަ ބިންގާ ކަމަށް ވެސް ޚުޠުބާގައި ފާހަގަކޮށްފަވެއެވެ.

ރަނގަޅު ޢާއިލާއެއް ބިނާކުރުމަށްޓަކައި، މައިންބަފައިންނަކީ ތައުޙީދާއި، ދީނީ ޢިލްމު ހުރެ، އެއަށް ޢަމަލުކުރާ، ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށްވެ، ދަރިންނަށް ރިވެތި މިސާލުތަކެއް ދައްކަންޖެހޭނެ ކަމަށް ޚުޠުބާގައި ބަޔާންކޮށްފަވެއެވެ. ދަރިންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދައި ތައުޙީދުގެ ޢިލްމު އުނގަންނައިދީ، ހަރުދަނާ ޢަޤީދާގެ މަތީގައި ތަރުބިޔަތުކުރުމަކީ ފަސާދަޔާއި މަގުފުރެދުމުން އުންމަތް ސަލާމަތްކުރުމަށް އޮތް މުހިންމު މަގެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

އިރުޝާދުތަކެއް ދެމުން، ޚުޠުބާގައި ގޭތެރޭގެ މާޙައުލުން ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ނައްތާލުމަށް ގޮވާލާފައިވެއެވެ. އަދި ދަރިން ފުރާވަރަށް އެރުމުން ހުރިހައި ކަމެއް ހުއްދަ ކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލުމަށް ވެސް ނަސޭހަތްތެރިވެފަވެއެވެ. މީގެ އިތުރުން، ދަރިންނަށް އިސްލާމީ ޝަރީޢަތުގެ އިމުން ބޭރުނުވެ، ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރުކުރުމަށް މަގުދައްކައި، ޢާއިލާގެ އެންމެހައި މެންބަރުންގެ ޢަމަލުތައް އިސްލާމީ އުޞޫލުތަކުގެ މަތީގައި ބެހެއްޓުމަށް ޚުޠުބާގައި ހިތްވަރުދީފަވެއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، އިސްލާމީ އުންމަތުގެ ކުރިމަގު އުޖާލާކޮށް، އުންމަތުގެ ޢިއްޒަތާއި ކަރާމާތް އަލުން އަނބުރައި އިޢާދަކުރެވޭން އޮތީ، މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި، ޢާއިލާ ބައްޓަންކޮށްގެން ކަމަށެވެ. އެހެންކަމުން، ދަރިންނަކީ اللّٰه ތަޢާލާ ދެއްވާ ވަރަށް އަގުބޮޑު ނިޢުމަތެއް ކަމަށް ދެކި، އެ ކުދިންނަށް اللّٰه ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި، އިސްލާމީ ޝިޢާރުތަކަށް މާތްކޮށް ހިތުމާއި، މުންކަރާތްތަކުން ދުރުވުމަށް ކުޑައިރުން ފެށިގެން ދަސްކޮށްދިނުމަކީ، މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތްކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަމާދަކީ ދީނުގެ ތަނބު، ނަމާދު ދޫކޮށްލައިފި މީހާ ވަނީ ދީނުން ބޭރުވެފައި: ހުތުބާޚަބަރު | ދުވަހެއް ކުރިންމިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 3 ދުވަސް ކުރިންނޫމަރާގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި ޚަބަރު | 6 ދުވަސް ކުރިންއެންމެ ހައިބަތު ބޮޑު ޤުރުއާން މުބާރާތުގެ އަގުހުރި އިނާމުތަކާއި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށްޚަބަރު | 6 ދުވަސް ކުރިން